ޕެޓްރޯލް އަޅާފައި ހުރި ކޮތަޅުތަކެއް އެމްޑީޕީ ހަރުގެ އަށް ހުކުރު ދުވަހު އުކައިފިއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެ ޕެޓްރޯލް ކޮތަޅުތައް އުކާފައިވަނީ އިރުއޮއްސި 6 ޖަހަން ކައިރިވެފައިވަނިކޮށް ކަމަށާއި އެމީހުން 5 ވަރަކަށް ޖޫސްޕެޓީ ކޮތަޅަށް ހަރުގެއާ ދިމާލަށް އުކާފައިވާ ކަމަށެވެ.
އަނަސް ވިދާޅުވީ ބޮޑަށް ލަފާކުރެވެނީ ސައިކެލެއްގައި ދިޔަ ބަޔަކު ޕެޓްރޯލް އަޅާފައިހުރި ކޮތަޅުތައް އުކި ކަމަށެވެ. އަދި އެމީހުން ޕެޓްރޯލް އުކި ވަގުތުގައި އެމްޑީޕީ ހަރުގޭގައި ހުރި މީހެއްގެ ގައިގައި ޖެހުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުންނަށް އަދި ހުށަނޭޅި ނަމަވެސް ހޮނިހިރު ދުވަހު ހުށަހަޅަން ނިންމާފައިވާ ކަމަށް އަނަސް ވިދާޅުވިއެވެ.