އީރާނުގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ހުރި ހަރުކަށިކަން ލުއިކޮށްލުމާއިއެކު މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ ހުކުމް އިއްވާފައިވާ އެތައް ބަޔަކު މިނިވަންވެދާނެކަމަށް ބުނަން ފަށައިފި އެވެ.
މަސްތުވާތަކެތީގެ ބައެެއް މައްސަލަތަަކަށް މަރުގެ އަދަބުވަނީ އުވާލައިފައެެވެ. ޝަރުއީ ދާއިރާއިން ބުނީ ހުރި ހުރިހާ މައްސަލަތަކެެއް އަލުން މުރާޖައާ ކުރައްވާނެ ކަަމަށެވެ.
މަަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ދެވުނު ލުއިތަކަށް އަމަލުކުރަން ނިންމާފައިވަނީ އެ ގާނޫނަށް ބަދަލުގެނެވުމުގެ ކުރިން ނިންމާފައިވާ މައްސަލަތަކާއި ހިނގަމުންދިޔަ މައްސަލަތަކަށްވެސް އެ ގާނޫނު ހިނގާނެ ގޮތަށްކަމަށްވާއިރު 5،000 އެއްހާ ގައިދީންނަށް މަރުގެ އަދަބުން ސަލާމަތްވެެވޭނެއެވެ.
އީރާނުގައި އަހަރަކު އެތައް ސަތޭކަ ބައެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާއިއިރު އޭގެތެެރެއިން ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދެވޭ މީހުންނެވެ.
އީރާނުގެ ގާނޫނުހަދާ މަޖިލީހުން އޯގަސްޓްމަހު ވަނީ ގާނޫނަށް ބަދަލުގެނެސް ފައެވެ.
މިހާރު މަރުގެ އަދަބު ކަނޑައަޅާނީ ކުރިން މަރުގެ އަދަބު ކަނޑައެޅޭ މިިންވަރަށް އެތައް ގުނައެއް އިތުރަށް ގެންގުޅެގެންނެވެ.
މީގެ ކުރިން އަމަލުކުރަމުންދިޔަ ގާނޫނުގެ ދަށުން 30 ގްރާމުގެ ކޮކެއިން ގެންގުޅުމުން މަރުގެ އަދަބު ދެވޭއިރު މިހާރު އެ އަދަދުވަނީ 2 ކިލޯއަށް ބަދަލުކޮށްފައެވެ.އޮޕިއަމް އަދި މަރުއާނާ ބޭނުންކޮށްގެން މަރުގެ އަދަބު ކަނޑައެޅޭނީ 50 ކިލޯ ނުވަތަ އެއަށްވުރެ ގިނައިން ގެންގުޅެގެންނެވެ.