ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 19:30
ސޯފިއާ އެއާޕޯޓު
ސޯފިއާ އެއާޕޯޓު
އޭޕީ
ބަލްގޭރިއާ
ސަލާމަތީ ސަބަބުތަކަކަށްޓަކައި ބަލްގޭރިއާ ސޯފިއާ އެއާޕޯޓުން މީހުން ހުސްކޮށްފި
މީހުން ހުސްކުރުމަށް ފަހު ގަނޑިއެއްހާއިރު ތެރޭ އާންމު އޮޕަރޭޝަންތައް ވަނީ ފަށާފައި
އައި ބިރު ދެއްކުމުގެ ކޯލް އަކީ "އެއްވެސް ބުރަދަނެއް ހުރި ކޯލެއް ނޫންކަމަށް" އޮފިޝަލުން ވަނީ ނިންމާފައި

ސަލާމަތީ ސަބަބުތަކަށްޓަކައި ބަލްގޭރިއާ "ސޯފިއާ އެއާޕޯޓުން" މީހުން ހުސްކޮށްފިއެވެ. 

ރިޕޯޓުތައް ބުނާގޮތުން އެއާޕޯޓުން މީހުން ހުސްކުރީ ބޮމެއް ގޮއްވާލަފާނެކަމުގެ އިންޒާރު ލިބުމުންނެވެ. މީހުން ހުސްކުރަން އެންގީ ބަލްގޭރިއާގެ އިންޓީރިއާ މިނިސްޓްރީގެ އަމުރަށް ކަމަށްވާއިރު، އެއާޕޯޓުން މީހުން ހުސްކުރީ، ބުދަ ދުވަހު ބަލްގޭރިއާ ގަނޑިން 1:20 ގައި އައި "ބިރު ދެއްކުމުގެ ފޯންކޯލްއެއް" ގެ ސަބަބުން ކަަމަށް ރިޕޯޓުތައް ބުނެއެވެ. 

އެހެންނަމަވެސް "ބިރުދެއްކުމުގެ ކޯލް އަކީ" އެއްވެސް ބުރަދަނެއް ހުރި ކޯލެއް ނޫން ކަމަށް އޮފިޝަލުން ނިންމާ އެއާޕޯޓުގެ އާންމު އޮޕަރޭޝަންތައް ބަލްގޭރިއާ ގަނޑިން 2:20 ގައި ވަނީ ފަށާފަ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ބޮމެއް ގޮއްވާލުމުގެ އިންޒާރާ އެކީ ބަލްގޭރިއާގެ އެއާޕޯޓުން މީހުން ހުސްކުރިއިރު ވަރަށް ގިނަ "ވީއައިޕީ" ގެސްުޓުން މާދަމާ އެ އެއާޕޯޓަށް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް