ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 15:56
ސީރިޔާ ހަނގުރާމައިގައި ބިމާ ހަމަވެފައިވާ އިމާރާތްތަކެއް
ސީރިޔާ ހަނގުރާމައިގައި ބިމާ ހަމަވެފައިވާ އިމާރާތްތަކެއް
އޭއެފްޕީ
ސީރިޔާ ހަނގުރާމަ
ތުރުކީން އެގައުމުގައި ތިއްބަވާ ރަޝިއާ އަދި އިރާނުގެ އެމްބެސެޑަރުން ހާޒިރުކޮށްފި
އެމްބެސެޑަރުން ހާޒިރު ކުރީ ސީރިޔާގެ ސިޓީއެއް ކަމަށްވާ އިދްލީބް ގައި ސީރިޔާގެ ސަރުކާރުގެ ހަނގުރާމަވެރިން ހަރަކާތްތައް ފުޅާކުރަމުންދާތީ

ތުރުކީން އެގައުމުގައި ތިއްބަވާ ރަޝިއާ އަދި އިރާނުގެ އެމްބެސެޑަރުން އެގައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފިއެވެ.

ތުރުކީން އެ އެމްބެސެޑަރުން ހާޒިރު ކުރީ ސީރިޔާގެ ސިޓީއެއް ކަމަށްވާ އިދްލީބް ގައި ސީރިޔާގެ ސަރުކާރުގެ ހަނގުރާމަވެރިން ހަރަކާތްތައް ފުޅާކުރަމުންދާތީ ކަމަށްބުނެއެވެ. ނަންހާމަނުކުރުމަށް އެދި ސީރިޔާގެ އޮފިޝަލުން އަލްޖަޒީރާ އަށް އަންގާރަ ދުވަހު ވިދާޅުވީ، ރަޝިއާ އިން ތުރުކީ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު އެލެކްސީ ޔާކޯވް އާއި އިރާނުން ތުރުކީ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު މުހަންމަދު އިބްރާހިމް ތަހްރިއަން ފާދް ފޮރިން މިނިސްޓްރީ އަށް ހާޒިރު ކުރީ "އިދްލީބުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ތުރުކީން ހިތްހަމަނުޖެހޭ ކަން ހާމަކުރުމަށްޓަކައި ކަމަށެވެ."

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތް ކަވުސޮގްލޫ ބުދަ ދުވަހު ވިދާޅުވީ ސީރިޔާ ހަނގުރާމައިގައި، އިރާނާއި އަދި ރަޝިއާ އަކީ ސީރިޔާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް ޒިންމާ ނަގައިގެން އެއްބަސްވުމެއް ވެފައިވާ ދެގައުމު ކަމަށާއި އެހެންކަމުން އެ ދެގައުމުން އިދްލީބުގައި ހިނގާ ހަމަނުޖެހުންތަކުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ ހަނގުރާމަވެރިން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

ސީރިޔާގެ އިދްލީބަކީ ސީރިޔާގެ ހަނގުރާމައިގައި "ސޭފް ޒޯން" ތެރޭގައި ހިމެނޭ ސިޓީއެކެވެ. ސީރިޔާގެ ހަނގުރާމައިގައި "ސޭފް ޒޯން" ތަކެއް ކަނޑައެޅީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެހެންނަމަވެސް ހަނގުރާމަ ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ. އެތައް ބަޔަކު ދަނީ އެ ސަރަހައްދު ދޫކުރަމުންނެވެ. 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް