ރ. މަޑުވައްރީގައި ގެއްލިގެން ހޯދަމުންދިޔަ އުމުރުން 19 އަހަރުގެ އާމިނަތު ޝަބާ ފެނިއްޖެއެވެ.
ރ. މަޑުއްވަރީ ކައުންސިލްގެ ރައީސް އަބްދުﷲ އަހްމަދު ވިދާޅުވީ އޭނާ ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 7:45 ހާއިރުކަމަށާއި އޭނާ ހާލު ސީރިއަސް ނުވި ނަމަވެސް އެއްޗެއް ނުކައި ހުރުމުން ވަރު ދެރަވެފައިވާ ކަމަށެވެ.
ޝަބާ ގެއިން ފިލާފައިވަނީ ހުކުރު ދުވަހުގެ 16:00 އާއި 16:30 ދެމެދުގެ ވަގުތެއްގައެވެ.
މީގެ އިތުރުން އަބްދުﷲ އަހްމަދު ވިދާޅުވީ އޭނާ ފެނިފައިވަނީ ދިރިއުޅޭ ގެއާއި ޖެހިގެން ހުރި ބްލޮކުގައި ހުރި ކުންނާރު ގަހެއް ދަށުން ކަމަށެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށް މަޑުވައްރީ ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.