ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 18:43
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް
މުހައްމަދު ޝަރުހާން
ރޭޕްގެ މައްސަލަ
ރޭޕްގެ އަމަލުގައި ބައިވެރިވި މީހާ ހިފާ ހައްޔަރުކޮށް އިންސާފުގެ ކުރި މައްޗަށް ގެނެވެންޖެހޭ: މައުމޫން
ރޭޕް ކޮށްފައިވަނީ އުމުރުން 19 އަހަރުގެ ކުއްޖެއް
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ޕީޕީއެމްގެ މަޖިލިސް މެންބަރެއްގެ ކޮއްކޮއެއް
ފުލުހުންނަށް މައްސަލަ ހުށަހަޅައި، ފޮރެންސިކް ސާމްޕަލް ނަގާފައިވޭ

ރޭޕްގެ އަމަލުގައި ބައިވެރިވި މީހާ ހިފާ ހައްޔަރުކޮށް އިންސާފުގެ ކުރި މައްޗަށް ގެނެވެންޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީގެ 3 ދުވަސް ކުރިން މާލޭގައި 18 އަހަރުގެ ކުއްޖަކު ރޭޕްކުރި ވާހަކަ އިވިވަޑައިގަތުމުން، ހައިރާން ވެވަޑައިގަތް ކަމަށާއި އެ އަމަލު ހިންގި މީހަކު އިންސާފުގެ ކުރި މައްޗަށް ލަސްނުކޮށް ގެނެވެން ޖެހޭނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ތަހުގީގު ކުރަމުންދަނީ ސްޓޫޑިއޯއެއްގެ ތެރޭގައި އުމުރުން 19 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކުރި މައްސަލައެވެ. އެ ކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތު ކުރެވެނީ ޕީޕީއެމްގެ އިސް މަޖިލިސް މެންބަރެއްގެ ކޮއްކޮއެއްގެ މައްޗަށެވެ.

އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އާޓް މަސައްކަތް ކުރާ ސްޓޫޑިއޯއަކަށް ޕްރޮޖެކްޓެއް ހަދަން ދިއުމުންނެވެ. އެ ކުއްޖާ ރޭޕްކުރުމަށް ފަހު، އެ ވާހަކަ ނުދެއްކުމަށް ފައިސާ ހުށަހެޅި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

"ފައިސާގައި ނުހިފުމުން، މައްސަލަ ކޮންމެ ތާކަށް ހުށަހެޅިޔަސް މައްސަލައެއް ނެތް ކަމަށް ބުނެ، އޭނައަށް އެއްވެސް ކަމެއް ނުކުރެވޭނެޔޭ ވެސް ބުނި،" ބައެއް ނޫސްތަކުގައި އެ ކުއްޖާއާ ހަވާލާދީ ބުނެފައިވެއެވެ.

އެ ކުއްޖާ ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅައި، ވަރަށް ތަފްސީލުކޮށް ބަޔާން ދީފައެވެ. އަދި ފުލުހުންގެ ވަނީ އެ ކުއްޖާގެ ހަށިގަނޑުން ފޮރެންސިކް ތަހުލީލުތަކަށް ސާމްޕަލް ވެސް ނަގާފައެވެ.

ފުލުހުން ވެސް ވަނީ މިފަދަ މައްސަލައެއް ބަލަމުންދާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، މައްސަލައާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް