ވައިޓް ހައުސްގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ވައިޓް ހައުސްގެ ވެސްޓް ވިންގް ބަލަން އަންނަ އާންމުންނަށް އަމިއްލަ ފޯނު މެދުވެރިކޮށް ފޯނު ކޯލްތައް ނުކުރެވޭނެ ކަމަށް ވައިޓް ހައުސް އިން އިއުލާން ކޮށްފިއެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކެޓަރީ ސާރާ ސެންޑާސް ބުރާސްފަތި ދުވަހު ވިދާޅުވީ އަމިއްލަ ފޯނު ބޭނުންކޮށްގެން ކޯލްތައް ކުރުމަށް މަނާކޮށްފައިވާއިރު އަންނަ ހަފްތާ އިން ފެށިގެން ވައިޓް ހައުސިން އިން އެ ނިންމުމަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
މީގެ އިތުރުން ސާރާ ވިދާޅުވީ ވައިޓް ހައުސްގެ ފަރާތުން މިގޮތަށް ނިންމާފައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި ކަމަށާއި އެތާނގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާގެ ބޭނުމުގައި މުއާމަލާތު ކުރުމަށްޓަކައި އެ ޤައުމުގެ ސަރުކާރުން މުވައްޒަފުންނަށް ހާއްސަ ޑިވައިސްތަކެއް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.