ކ. މާލެ
|
3 ޖެނުއަރީ 2018 | ބުދަ 09:48
ބ. ކުޑަރިކިލު
ބ. ކުޑަރިކިލު
މުހައްމަދު ފަޒީން
ހުކުރު ނަމާދު
އާންމުކޮށް ނުކުރާ ގޮތަކަށް ކުޑަރިކިލުގައި ހުކުރުކޮށްފި
މުދިމު ކައުންސިލަށް ހާޒިރުކޮށް ނަސޭހަތް ދިން

އާންމުކޮށް ނުކުރާ ގޮތަކަށް މިދިޔަ ހުކުރު ދުވަހު ބ. ކުޑަރިކިލުގައި މިސްކިތުގައި ހުކުރުކޮށްފި އެވެ. 

ހުކުރު ދުވަހު ބަންގި ގޮވާ މީހާ އާއި ޚުތުބާ ކިޔާ މީހަކީ ދެ މީހެކެވެ. އާންމު ގޮތެއްގައި އެކަކު މި ދެކަށް ކޮށެއް ނޫޅެ އެވެ. ނަމަވެސް ކުޑަރިކިލުގައި ބަންގި ގޮވައި ޚުތުބާ ކީވެސް އެކެކެވެ. 

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާނު އައްބާސް "ރާއްޖެއެމްވީ"އަށް ވިދާޅުވީ މިދިޔަ ހުކުރު ދުވަހު އެރަށު މިސްކިތުގައި ހުކުރު ކުރަން ތާވަލުގައި އޮތީ މިސްކިތުގެ މުދިމު ކަމަށާއި އޭނާއަށް ޚުތުބާ ކިޔަންޖެހޭ ހަފުތާގައި، ބަންގި ގޮވާނީ އެހެން މީހެއް ކަމަށެވެ. 

މުދިމު އެ ދުވަހު ހުކުރު ބަންގި ގޮވީ، ޚުތުބާ ކިޔުމަށް މިންބަރަަށް އަރައި ހުރެގެންނެވެ. މިކަމާ ގުޅިގެން މުދިމު ކައުންސިލަށް ހާޒިރުކޮށް އެގޮތަށް އަމަލު ނުކުރަން ނަސޭހަތްތެރިވި ކަމަށް އައްބާސް ވިދާޅުވި އެވެ. 

އައްބާސް ވިދާޅުވީ އެރަށު މިސްކިތް ހިނގަމުންދަނީ އިސްލާމިކް މިނިސްޓްރީގެ ދަށުން ކަމަށްވިޔަސް، ރަށުގައި މިސްކިތުގެ ކަންކަން ބަލަހައްޓަމުންދަނީ ކައުންސިލްގެ އިދާރާގެ ދަށުން ޒިންމާދާރު ވެރިޔާ ކަމަށެވެ. ނަމަވެސް މިސްކިތުގެ މުދިމު ހުކުރު ދުވަހު އަމަލުކުރީ، އެއްވެސް ގޮތަކަށް ޒިންމާދާރު ވެރިޔާއަށް އެއްވެސް ކަމެއް އެންގުމަކާ ނުލައި ކަމަށް އައްބާސް ވިދާޅުވި އެވެ. 
ރާއްޖޭގެ މިސްކިތުގައި ހުކުރު ކުރާ މީހާ އަށް ކުރާ ކޮންމެ ހުކުރަކަށް 300 ރުފިޔާގެ އުޖޫރައެއް ސަރުކާރުންދެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
3 ޖެނުއަރީ 2018 | ބުދަ 11:58
HANNANU
Ma hiytha araa councillor ge raees keyvebaa ey bangi govan neyri.mudhin meehakah ves hurey eyna huthubaa ves kiyam jehani eyna.councillor ge raees akah ves hurey grad 7 ge fen varuves neh meeheh.mivaru meehun miulheni foogalhaafa raees akah araagen.
3 ޖެނުއަރީ 2018 | ބުދަ 11:17
މުދިން
އިމާމު މީހާ ހުކުރު ކުރަން ޖެހޭ ދުވަހު މުދިމެއް ހަމަޖައްސަން ޖެހޭނީ އިމާމު މީހާ އަމިއްލައަށް.