ރައީސް ޔާމީންގެ ސަރުކާރުން ގެންގުޅޭ ދީނީ ސިޔާސަތަށް ރައްޔިތުންގެ މަޖިލީހުގެ މާލޭގެ 2 މެމްބަރަކު ފާޑު ވިދާޅުވެއްޖެއެވެ.
ސަރުކާރުން އިދިކޮޅު ފަރާތްތައް ލާދީނީއޭ ބުނެ ވާހަކަ ދައްކަމުން ދަނިކޮށް، އައު އަހަރު ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ނިވާކަން ކުޑަ ހެދުން އަޅައިގެން އަންހެނުން ނެށި މައްސަލަ ފެންމަތިވެ، ސަރުކާރަށް އެކި ފަރާތްތަކުގެ ފާޑުކިޔުންތައް މިހާރުވަނީ އަމާޒުވެފައެވެ. އައު އަހަރުގެ ޝޯވގައި ނިވާކަން ކުޑަ ހެދުން އެޅި މައްސަލައިގައި އެޝޯވ އިންތިޒާމްކުރި ސަރުކާރުގެ ކުންފުނި އެމް.އައި.ޓީ.ޑީ.ސީއިން ވަނީ މަޢާފަށް އެދިފައެވެ. ސަރުކާރު ކުންފުނިން މަޢާފަށް އެދި އާއްމުކޮށްފައިވާ ބަޔާނުގެ ފޮޓޯއެއް ޓްވީޓް ކުރައްވައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރައީސް ޔާމީނަކީ ފިނޑި ބޭފުޅެއް ކަމަށެވެ.
"ތިއީ ފިނޑި ރައީސެއް، ތިއީ ކޮރަޕްޝަނާއި ވައްކަމާއި ގުޅުން ހުރި ރައީސެއް، ތިއީ މަކަރުވެރި ރައީސެއް، ތިއީ އިސްލާމް ދީނަށް ހަޖޫ ޖަހާ ރައީސެއް، ތިއީ ބޭކާރު ރައީސެއް،" އާޒިމް ކުރެއްވި ޓްވީޓްގައިވެއެވެ.
Thee findi Raees eh, thee CORRUPTION aa vahkamaa gulhunhuri Raees eh, thee makaru veri Raees eh, thee Islam dheenah hajoojahaa Raees eh. Thee beykaaru Raees eh. pic.twitter.com/v9XFzNgOxo
— Ali Azim (@aliaazim) January 2, 2018
އާޒިމްގެ މި ޓްވީޓަށް ތާޢީދުކޮށް ޓްވީޓް ކުރެއްވި ބޭފުޅަކު ވިދާޅުވީ "ކޮންމެ ކަމެއް ކޮށްފައި ސޮރީއަކުން ނުފުދޭނެ"ކަމަށެވެ.
ސަރުކާރުގެ ދީނީ ސިޔާސަތަށް ފާޑުވިދާޅުވެ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ "މި ރާއްޖޭގެ އިސްލާމީ އުޞޫލުތަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ވައްކަމާއި، ޚިޔާނާޔާއި، ނާއިންސާފާއި، އަނިޔާވެރިކަމަކީ، ދީނުގެ ރުކުންތަކެއް ކަމަށް ދެއްކުމަށް ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރާއި، ދައުލަތުން މަސައްކަތްކުރުން"ކަމަށެވެ. އިންތި ވަނީ ސަރުކާރުގެ އެއަމަލުތައް ކުށްވެރި ކުރައްވާފައެވެ.
Mirajje ge Islami usooluthakah oiy enme bodu eh nurahkalakee vahkamaai khiyaanaathaai naainsaafaai aniyaaverikamakee dheenuge rukunthakeh kamah dhehkumah YAG ge sarukaaraai dhaulathun masaiykaiy kurun. Ekan kuhverikuran!
— Imthiyaz Fahmy (@Imthiyazfahmy) January 2, 2018
މެމްބަރު އަލީ އާޒިމްއާއި އިންތިގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއި، ގުޅިފައިވާ ކޯލިޝަންގައި ހިމެނޭ މެމްބަރުން އަދި އާއްމު ގިނަ އަދަދެއްގެ ބަޔަކު ދަނީ ސަރުކާރުގެ ދީނީ ސިޔާސަތަށް ފާޑު ކިޔަމުންނެވެ.