ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 15:34
މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
ސަން
އެމްޑީޕީގެ ޕްރައިމަރީ
ރައީސް ނަޝީދުއާ ވާދައެއް ނުކުރާނަން، ހުންނާނީ ފަހަތުގައި: އަބްދުﷲ ޝާހިދު
ރައީސް ނަޝީދު ވާދަކުރައްވާ އެއްވެސް ޕްރައިމަރީއެއްގައި ވާދައެއް ނުކުރައްވާނަން
ހުންނަވާނީ ވެސް ރައީސް ނަޝީދުއާއެކު ސާބިތުކަންމަތީ
މިއީ އެމްޑީޕީގެ އިސް ސަފުތައް ރޫޅާލުމަށް ސަރުކާރުން ރާވާ ހިންގާ ކަންތައްތަކެއް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވާދަ ކުރައްވާ އެއްވެސް ޕްރައިމްރީއެއްގައި ވާދަ ނުކުރައްވާނެ ކަމަށާއި އަދި ހުންނަވާނީ ވެސް ރައީސް ނަޝީދުގެ އަރިހުގައި ސާބިތުކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ޝާހިދު ވާދަކުރަން ނިންމައި، ރައީސް ނަޝީދު މިނިވަން ކުރަން ކުރާ މަސައްކަތަށް ހުރަސްތައް ކުރިމަތި ކުރައްވަމުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ ރައީސް ނަޝީދު މިނިވަން ކުރެއްވުމަށް އެމްޑީޕީގެ ލީޑަރޝިޕުން އެންމެ ބުރަ މަސައްކަތް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ އެއް ބޭފުޅަކީ އެމަނިކުފާނު ކަމަށެވެ.

އެގޮތުން، ބޭރު ދުނިޔޭގެ ގައުމުތަކާއި، އދ.އާއި، ޔޫރަޕިއަން ޔޫނިއަން، އަދި އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާފައިވާ ގޮވާލުންތަކީ އެމްޑީޕީގެ ލީޑަރޝިޕުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދުއާ ގުޅޭގޮތުން ޓްވީޓާގައި ދައުރުވަމުންދާ ވާހަކަތައް ބުނާ ގޮތުގައި، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ޝާހިދު ވަނީ ނިންމާފައެވެ. އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ 15 މެމްބަރުން ޝާހިދުއަށް ބައިއަތު ހިފައިފާވާ ކަމަށާއި ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރާ މަސައްކަތަށް ހުރަސްތައް ކުރިމަތި ކުރަމުންދާ ކަމަށް ވެސް ދައުރުވަމުންދެ އެވެ.

އެ ޓުވީޓަށް ރައްދުދެއްވަމުން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ހަގީގަތެއް ނެތް ފިތުނައިގެ ވާހަކައެއް ކަމަށެވެ. އަދި ހުންނަވާނީ ސާބިތުކަމާއެކު ރައީސް ނަޝީދުއާއި އެމްޑީޕީއާއެކު ކަމަށްވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.

ޝާހިދު ވިދާޅުވީ މާތް ﷲގެ ރަހްމަތްފުޅުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ސަފުތައް ރޫޅާލުމަށް ކުރާ މަސައްކަތް ވާނީ ނާކާމިޔާބު ކަމަށްވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.

ޓްވިޓަރ ގައި ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން ޝާހިދު އިތުރަށް ވިދާޅުވީ މިފަދަ ކަންކަމަކީ އެމްޑީޕީގެ އިސް ސަފުތައް ރޫޅާލުމަށް ސަރުކާރުން ރާވާ ހިންގަމުންދާ ޒިންމާދާރުކަންކުޑަ ހަޑިމުޑުދާރު ކަންތައްތަކެއް ކަމަށެވެ، އެމްޑީޕީއާއި އެ ޕާޓީއަށް ސަޕޯޓް ކުރާ ފަރާތްތަކުން އެވާހަކަތަކުގައި ނުޖެހުމަށް ޝާހިދު ގޮވައިލެއްވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް
2 ޖެނުއަރީ 2018 | އަންގާރަ 18:24
ހ މ ޒ
ތިޔަޕޯލް ގަ އެބައިންތަ 2018 އައް ކުރިމަތި ލެވޭނެ ޝަރުތު ހަމަވާ އެކަކު ވެސް. ތި 4 މީހުން ވަކި ވަކިން ލިޔަސް އެއްކޮށް ލިޔަސް ވޯޓް ލިސްޓްގަ ނަން އިންނާނެ އެކަކުވެސް ނެތް.