ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 14:41
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ ޝަރީއަތް
ދެ މަހެއްހާ ދުވަސް ފަހުން ފާރިސްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ
ފާރިސްގެ ޝަރީއަތުގައި މިހާރު ކުރިއަށްދަނީ އިބްތިދާއީ އަޑުއެހުންތައް
އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންތައްތައް ހުށަހެޅުން
އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ ނޮވެމްބަރު 5 ގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. މި މައްސަލައިގެ އަޑުހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހު އެވެ. ފާރިސްގެ ފަރާތުން، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި 23 ކަމެއް ހުށަހަޅާފައިވާއިރު، އެ އަޑުއެހުމުގައި ވަނީ 15 ވަނަ ހުށަހެޅުމާއި ހަމައަށް ކުރިއަށް ގެންގޮސްފަ އެވެ.

އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންނާނީ 16 ވަނަ ހުށަހެޅުމުން ފެށިގެން 23 ވަނަ ހުށަހެޅުމާއި ހަމައަށް ކުރިއަށް ގެންދިއުމެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވަނީ، ރަައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރުމަށް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. ފާރިސް ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރު ކުރިއިރު، ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. ފާރިސް ބަންދުކޮށްފައިވަނީ މާފުށީ ޖަލުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް