އާނަންދު ރާއީ ޕްރޮޑިއުސްކޮށް މި އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމުގެ ނަން އާންމުކޮށްފިއެވެ.
މި ފިލްމުގެ ލީޑް ރޯލް އަދާކުރަނީ ޝާހްރުކް ޚާނާއި ކެޓްރީނާ ކައިފްގެ އިތުރުން އަނުޝްކާ ޝަރްމާއެވެ. މި ފިލްމަކީ ހިންދީ ކޮމެޑީ ފިލްމެކެވެ.
ފިލްމުގެ ޓްރެއިލާ އިން ދައްކާ ގޮތުގައި ޝާހްރުކް ޚާންއަކީ ވަރަށް މަޖާ މިޖާޒެއްގެ އިސްކޮޅުން ވަރަށް ކުރު މީހެކެވެ.
މީގެ އިތުރުން ފިލްމުގެ ޓްރެއިލަރ އިން އޭނާ ވަރަށް މަޖާ ގޮތަކަށް ނަށާ މަންޒަރު ވެސް ފެނެއެވެ.
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހުއެވެ.