ރާއްޖެ ޓީވީ ޕޯލްގެ ނަތީޖާއިން ސާފުކޮށް އެނގެނީ ކޯލިޝަންގެ ޕާޓީތަކުގެ މެމްބަރުން ހިމެނޭ ޕްރައިމަރީއެއް ކޮމަން ކެންޑިޑޭޓެއް ހޮވުމަށް ބޭއްވިދާނެކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރުމަށް ނިކުންނަން ޖެހޭ ކަމަށް ފެންނަނީ ކޮން ކެންޑިޑޭޓެއްތޯ ބެލުމަށް ނެގި ޕޯލް ކާމިޔާބުކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއެވެ.
ފައްޔާޒް ވިދާޅުވީ ޕޯލްގެ ނަތީޖާ އިން ކޮންމެ ކެންޑޭޓަކަށް ވެސް ޕާޓީތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ ކާމިޔާބުކުރުމުގެ ރަނގަޅު ފުރުސަތު އެބައޮތްކަން އެނގޭ ކަމަށެވެ.
Maruhabaa Hon. Qasim Ibrahim. Meegen saafukoh ingenee coalition ge Partythakuge membarun himeney Primary eh common Candidate hovumah beyhvidhaane kan. Adhi konme Party ehge Candidate akahves kaamiyaabu kurumuge rangalhu furusathu ebaoiy kan https://t.co/3dVTVmMMIX
— Fayyaz Ismail (@faya_i) January 1, 2018
ފައްޔާޒް ވަނީ ޕޯލް ކާމިޔާބުކުރެއްވުމުން ޤާސިމް އިބްރާހިމަށް މަރުޙަބާ ދަންނަވާފައެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ ގުޅިފައިވާ ކޯލިޝަންގެ ބޭފުޅުންނަށް އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވުމަކަށް ނާދެވޭނެ ކަމަށް ބުނާ ފަރާތްތަކަށް މިއީ ރަނގަޅު ރައްދެއް ކަމަށެވެ. އަދި އެކިޕޯލްތަކުގެ ނަތީޖާ އެކި ގޮތަށް ނިކުތް ނަމަވެސް، ކޯލިޝަން އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.