ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހައްދުންމަތީ ގަމުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ލ. ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތަކަށް ތާއިދުކުރާ މެމްބަރުން އިސްނައިގައިގެން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ރާވައިފައިވާ ކަމަށެވެ. މި ހަރަކާތްތައް ފެށުމުގެ ގޮތުން ހޯމަ ދުވަހުގެ ރޭ ގަމު ތުނޑީ އަވަށާއި މުކުރިމަގު އަވަށުގައި ހާއްސަ ބާބަކިއުއެއް ވަނީ ބާއްވައިފައެވެ.
"2009 ވަނަ އަހަރަގެ މަޖިލީސް އިންތިހާބުން އެމްޑީޕީ ބަލިވި. އެހެންނަމަވެސް އޭގެ ފަހުން ބޭއްވި ހުރިހާ އިންތިހާބެއްގެ މެޖޯރިޓީ އެމްޑީޕީން ދަނީ ނަމަގަމުން. ރިޔާސީ އިންތިހާބުގައި ވެސް މެޖޯރިޓީ ނަގާނަން،" ސިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ގަމުގެ މެޖޯރިޓީ ރައީސް އަބްދުﷲ ޔާމީނަން ނުލިބޭނެ ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ތިބީ ވަރަށް ސާބިތުކަމާ އެކުގައެވެ. އެހެންކަމުން ރިޔާސީ އިންތިހާބަށް ކެމްޕޭން ހަކަރަކާތްތަށް ވަރުގަދަ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހޯމަ ދުވަހުގެ ރޭ ގަމުގެ ދެ އަވަށުގައި ބޭއްވި ބާބަކިއުގައި ގިނަ އަދަދެއްގެ އެމްޑީޕީގެ މެމްބަރުން ބައިވެރިވިއެވެ.