އިހަވަންދޫގައި ބަންނަމުން ދިޔަ ފައިބާ ދޯންޏެއްގައި "ރޯކޮށްލައިފި" އެވެ. މި ދޯނި ވަނީ އަނދައި ހުލިވެފަ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސް އަލީ ރަމީޒް ވިދާޅުވީ އިހަވަންދޫގައި ބަންނަމުން ދިޔަ ފައިބާ ދޯންޏެއްގައި އަލިފާން ރޯވެފައި ވަނީ އާދީއްތަ ދުވަހުގެ ރޭ 7:30 ކަންހާއިރުގައެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ބަންނަމުން ދިޔަ ދޯނީގައި ރޯވި އަލިފާންގަނޑު ނިންވާލާފައި ވަނީ ފުލުހުންނަނާއި އެރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެކުގައި ކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ.
އިހަވަންދޫގައި ބަންނަމުން ދިޔަ ދޯނީގައި އަލިފާން ރޯވި މައްސަލަ ފުލުހުން ތަހްގީގް ކުރަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުންޏެއެވެ.
އަލިފާން ރޯވި ދޯނީގެ މަސައްކަތް ނުކުރާތަށް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.