އާ އަހަރު ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ކާނިވާ ސަރަހައްދުގައި ބޭއްވި މިއުޒިކް ޝޯވގައި ހަށިގަނޑުގެ ވަނާތައް ހާމަވާ ހެދުންތަކުގެ އިތުރުން ނިވާކަން ކުޑަކަން ދައްކުވައިދޭ ހެދުން އެޅި އަންހެނުން ނަށަން އެރުވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީންއާއި އަނބިކަނބަލުން ފާތުމަތު އިބްރާހިންގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން މި ޝޯވ ބައްލަވާލެއްވުމަށް ކާނިވާ ސަރަހައްދަށް ވަޑައިގެން އަތް ޖައްސަވައި، ތަރުޙީބު ދެއްވަން ތިއްބެވިއެވެ.
Inbleese ves mihaaru onnanee nidhan. Mi tharahgee hajam nuvegen pic.twitter.com/8yJjfJCM8T
— ShafiuJameel (@ShafiuJameel) December 31, 2017
ސަރުކާރުން އިންތިޒާމްކުރި މިޝޯވގައި ނިވާކަން ކުޑަ ހެދުން އެޅުމުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔަމުންދާއިރު، ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ދީނާއި ޚިލާފު މަންޒަރުތަކެއް ފެނިގެންދިޔަކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.
Saabahey raees yamin pic.twitter.com/bIjAT0N914
— Luke (@Lucasjalyl) December 31, 2017
ސިޔާސީ ބޭފުޅަކު ދެއްކެވި ވާހަކަފުޅަކަށް ދާދިފަހުން ސޯޝަލް މީޑިއާގައި ބޭފުޅަކު ދެއްކެވި ވާހަކަޔަކާއި ގުޅިގެން ސަރުކާރަށް ތާޢީދުކުރާ ބައެއް ދީނީ ޢިލްމުވެރިންނާއި، އަދި ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން ބަޔާންތައް ނެރެ، ތަފާތު ވާހަކަ ދައްކަމުން ގޮސްފައިވާއިރު، އާ އަހަރުގެ ޝޯވގައި ފެނުނު މަންޒަރުތަކާއި ބެހޭ ގޮތުން އެ ދީނީ ޢިލްމުވެރިންނާއި ޕީޕީއެމްއިން އެއްޗެއް ބުނަން ނެތީތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލުކޮށްފައެވެ.
Koba jamiyathul salad?#DheenahtakaQaumahtaka https://t.co/KKF7jRK1uw
— Ahmed Chucks (@ahmed_chucks) December 31, 2017
ސޯޝަލް މީޑިއާގައި ފާޑުކީ ގިނަ ފަރާތްތަކުން ވަނީ މިފަދަ އަމަލުތަކެއް ހިންގަމުންދިޔަ ޝޯވއެއްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ޙަރަކާތްތެރިވެފައިވާތީ، ފުލުހުން ފާހިޝް ޢަމަލުތަކަށް ހިތްވަރު ދެނީކަމަށް ބުނެ ފައެވެ. އަދި ފުލުހުންގެ ވާޖިބަކަށްވާން ޖެހޭނީ އެފަދަ ޝޯވތައް ހުއްޓުވުންކަމަށް ބައެއް މީހުން ބުންޏެވެ.
ޤައުމީ ޓީވީއިން ދިޔައީ މި ޝޯވ ވަގުތުން ދުރަށް ދައްކަމުންނެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނާނުންގެ ހުށަހެޅުންތައް ފެނުނު އައު އަހަރުގެ ޝޯވގައި ބައެއް ޑާންސް އައިޓަމްތައް ހުށަހެޅީ ނިވާކަން ކުޑަ، އަދި އިސްލާމީ ދިވެހި މުޖްތަމައުގެ އާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް ހެދުން އަޅައިގެން ތިބި އަންހެނުންނެވެ.