އާދީއްތަ (މާދާމާ) އަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހިދުމަތްތައް ވެސް މެދުކަނޑާލާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޕީއެލް އިން ބުނީ ޑިސެމްބަރު މަހުގެ 31 ވާ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައާޅުއްވާފައި ވާތީ އެ ދުވަހުގެ ހެނދުނު 7:30 އިން ފެށިގެން އެ ކުންފުނި ދެމުންދާ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ހަމަޖައްސާފައިވާ ކަމަށެވެ.
ކުރިއަކޭ އެއްގޮތަށް އެމްޕީއެލްގެ ހިދުމަތް ދޭން ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށް އެކުންފުނިން ނެރުނު ދެންނެވުމުގައި ވެއެވެ.