ތ. ވޭމަންޑޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.
ފުލުހުން ބުނީ ވޭމަންޑޫއަށް ބުރާސްފަތިދުވަހުގެ ރެއިން ފެށިގެން ބޯކޮށް ވާރޭވެހިފައި ވާކަމަށެވެ. ފެންބޮޑުވުމާއި ގުޅިގެން ފުލުހުންނާއި ކައުންސިލް އަދި ރައްޔިތުން ގުޅިގެން ވެލި ބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވޭމަންޑޫގެ ބައެއް ގޭތަކަށް ފެންވަދެ ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ކައުންސިލުން ލިބޭ ގޮތް ވަނީ ނުވެފައެވެ.