ށ. ފުނަދޫއިން އިއްޔެ ފިހުނު ބަންގްލަދޭޝްގެ ފިރިހެން މީހާގެ ހާލު ރަނގަޅު ކަމަށް ފުނަދޫ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހަސަން އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ހަސަން އިސްމާއިލް ވިދާޅުވީ އެމީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެ މީހާ ފިހެން މެދުވެރިވީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުން ކަމަށް ބެލެވޭ ކަމަށެވެ.
ހަސަން އިސްމާއިލް ވިދާޅުވީ ބަންގްލަދޭޝް މީހާގެ 44 ޕަސެންޓް ފިހިފައިވާ ކަމަށް ޑޮކްޓަރ ބުނެފައިވާ ކަމަށެވެ. މިހާރު އޭނާގެ ފިހިފައިވާ ތަންތަނުގައި ބެންޑޭޖް ކޮށްފައިވާ ކަމަށާއި ފިހިފައި ވަނީ އަތާއި ފައި އަދި ކަނދުރާގެ ބައެއްކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ.