މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ކުރައްވާފައިވާ ޓްވީޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބަލަމުންދަނީ "މި ދުނިޔޭގައި އިސްލާމް ދީން ނޫން ދީންތަކަށް އުޅުމުގެ ފުރުސަތު ދެއްވީ މާތް ﷲ" ކަމަށާއި، "ނޫން ނަމަ އެހެން ދީންތަކެއް ނޯންނާނެ ނޫންތޯ" ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅޭ މައްސަލައެކެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
Mi dhuniyeyga Islam dheen noon ehen dheen thakah furusathu dhevvee Allah. Noon nama ehen dheeneh noannaane utha? https://t.co/fxyEP6tgDr
— Shahindha Ismail (@HindhaIsmail) December 20, 2017
ޝަހިންދާގެ ޓްވީޓް ރައްދު ކުރައްވާފައި ވަނީ އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެފައިވާ ވާހަކަފުޅަށެވެ.
ޝަހިންދާ ކުރައްވާފައިވާ ޓްވީޓާ ގުޅިގެން ފުލުހުން ތުހްމަތު ކުރަނީ ކޮން ކަމަކަށް ކަމެއް ވެސް ފުލުހުން ނުބުނެއެވެ. ނަމަވެސް ފުލުހުން އެ މައްސަލަ ބަލާ ކަމަށް ބުނުމުން ބައެއް ފަރާތްތަކުންގެ ފާޑުކިޔުންތައް ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. ޝަހިންދާގެ އެ ޓްވީޓަކީ އިސްލާމް ދީނަށް ފުރައްސާރަވާ ގޮތަށް ކުރައްވާފައިވާ ޓްވީޓެއް ނޫން ކަމަށާއި މި ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ފުލުހުން ބެލުން މާ ރަނގަޅު ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
އެއީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ތާއިދުކޮށް ޝަހިންދާ ވިދާޅުވި އެއްޗެއް ކަމަށް ބުނެ ބައެއް މީހުން ޝަހިންދާއަށް ރައްދު ދީފައިވެއެވެ. އަދި ބައެއް މީޑިއާތަކުން އެފަދަ ގޮތަކަށް ޚަބަރު ގެނެސްދީފައި ވާތީ ޝަހިންދާ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި އެއީ ނަފްރަތު އުފެއްދުން ކަމަށް ވެސް ޝަހިންދާ ސިފަކުރައްވާފައި ވެއެވެ.
@adamnawaaz Are you trying to get me murdered here? Twisting my words? This is incitement of hatred @hrcmv @ProtectHRD_EU @forum_asia @CanHCSriLanka @USAmbKeshap @EU_Maldives @UKinMaldives @UNHumanRights https://t.co/SP9DnWtqpA
— Shahindha Ismail (@HindhaIsmail) December 28, 2017