ލޯކަލް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތައް ހުސްކުރުމަށްދިން މުއްދަތު އިތުރުކޮށްފި އެވެ.
ހައުސިންގ މިނިސްޓްރީން އާންމުކޮށްފައިވާ ޙާއްސަ އެންގުމެއްގައި ބުނެފައިވަނީ މަރުކޭޓް ގޮޅިތަކުގެ ތެރެއިން އެގްރީމެންޓް މުއްދަތު ހަމަވުމުގެ ސަބަބުން 28 ޑިސެމްބަރުގައި ގޮޅިތައް ހުސްކުރުމަށް ވާނީ އަންގާފައިކަމަށެވެ. ނަމަވެސް ގޮޅިތައް ހުސްކުރުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން 28 ޖެނުއަރީއަށް މުއްދަތު އިތުރުކޮށްފައިވާކަމަށް އެންގުމުގައި ބުނެފައިވެއެވެ.
އެންގުމުގައި އިތުރަށް ބުނެފައިވަނީ 28 ޖެނުއަރީގެ ނިޔަލަށް އެއްވެސް މުދަލެއް ގޮޅީގައި ހުރެއްޖެ ނަމަ މިނިސްޓްރީގެ ފަރާތުން އެ މުދަލެއް ނަގަމުން ގެންދާނެ ކަމަށެވެ. އަދި މިގޮތަށް މުދާތަށް ނެގުމާއި ގެންދިއުމުގެ ތެރޭގައި ލިބޭ ގެއްލުމެއްގެ ޒިންމާ އެމިނިސްޓްރީން ނުނަގާނެކަމަށްވެސް އެއެންގުމުގައި ބުނެފައިވެއެވެ.
އަދި އިތުރަށް ބުނެފައިވަނީ މުދަލެއް ނަގާތާ 12 ގަޑިއިރުގެ ތެރޭގައި މުދަލުގެ ވެރިފަރަތުން މުދަލާ ހަވާލުނުވެއްޖެ ނަމަ އެ މުދަލެއް ކުނީގެ ގޮތުގައި ނައްތާލެވޭނެ ކަމަށެވެ.