ތ. އަތޮޅު އޮމަދޫ ބަނދަރު ހައްދަވާދެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވައުފުވެފައިވާ ކަމަށާއި، އަދިވެސް އެރަށުގެ ބަނދަރުގެ އަމަލީ މަސައްކަތް ނުފަށާ ކަމަށް ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
އޮމަދޫ ބަނދަރުގެ މަސައްކަތް ނުފަށާތީ އެކަމާއި ކަންބޮޑުވުންފާޅުކޮށް ރިޔާޒު ކުރެއްވި ޓެވީޓުގައި ވިދާޅުވީ އެރަށުގެ ބަނދަރު ހައްދަވާ ދެއްވުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ވައުދެއް ކަމަށާއި، 2018 ވަނަ އަހަރުގެ ބަޖެޓުގައި ވެސް އެކަން ހިމަނާފައި ނުވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން ބަޖެޓުގައި ނުހިމަނާ ކަންކަން ކުރައްވާ އުސޫލުން ނަމަވެސް އޮމަދޫ ބަނދަރުގެ މަސައްކަތް ފެށުމަށް ރިޔާޒު ވަނީ ގޮވާލައްވާފައެވެ. އަދި އެއީ އެރަށުގެ ރައްޔިތުންގެ އާދޭސްކަން ރިޔާޒު ވަނީ ފާހަގަކުރައްވާފައެވެ.
Th. Omadhoo bandharu hahdhavaa dhehvumakee RY sarukaaruge vaudheh. Mihaathanah ekan nuvithaa 2018 budgetgaives himenifanuvey. Budget ga nuhimanaa kankan kurahvaa usoolun namaves Th. Omadhoo bandharu hahdhavaa dhehvumakee erashu rayyithunge aadheys. pic.twitter.com/EBVHJsFKIh
— Abdulla Riyaz MP (@riyazabdulla) December 27, 2017
"ބަޖެޓުގައި ނުހިމަނާ ކަންކަން ކުރައްވާ އުސޫލުން ނަމަވެސް ތ. އޮމަދޫ ބަނދަރު ހައްދަވާ ދެއްވުމަކީ އެރަށު ރައްޔިތުންގެ އާދޭސް" ރިޔާޒު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައެވެ.