މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާއިފިއެވެ.
އެމްޓީސީސީން ބުނީ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ނިންމީ ޓާމިނަލް ބޭނުންކުރާ މީހުންނަން ލުއިފަސޭހަ ކަމާއި އެކު ދަތުރުފަތުރުކުރެވޭނެ ގޮތް ހެދުމުގެ ގޮތުން ކަމަށެވެ. އަދި ހުޅުމާލޭ ޓާމިނަލް ބޭނުންކުރާ މީހުންގެ އަދަދު އެއްދުވަހުން އަނެން ދުވަހަށް އިތުރުވަމުން އަންނަކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ހުޅުމާލެ ފެރީޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް އެ ކުންފިން އަމާޒު ހިފާފައި ވަނީ އަންނަ ޖެނުއަރީ މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިހާރު ޓާމިނަލްގައި އަލަށް އިމާރާތް ކުރާ އިމާރާތް ނިންމުމުން، 500 ޕަސެންޖަރުންނަން އެއްފަހަރާއި ޙިދުމަތް ދެވޭނެ ކަމަށް އެމްޓީސީސީން ބުންޏެއެވެ.
މީގެއިތުރުން މި ޕްރޮޖެކްޓުގެ ދަށުން ނަސަންދުރަ ކުރިމަތިން ފެރީ ގާތްކުރުމަށް އެމްޓީސީސީއަށް ލިބިފައިވާ ސަރަހައްދު ހިޔާކޮށް، ޓާރމިނަލްގެ އެތެރޭގެ ޖާގަ ވެސް ބޮޑު ކުރަން ވަނީ ނިންމާފައެވެ. މި ގޮތަށް މި ބަދަލު ގެނުމާއި އެކު، ޓާމިނަލް ފުރި ޖާގަ ނުލިބުމުން ބޭރުގައި އާންމުން ތިބެން ޖެހޭ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެއެވެ.