ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 19:12
ކިމް ޖޮން ހިޔުން
ކިމް ޖޮން ހިޔުން
ޓައިމްސް ނައު
ޝިނީ" ބޭންޑް
ދެކުނު ކޮރެއާގެ "ޝިނީ" ބޭންޑްގެ ލަވަކިޔުންތެރިޔާ އަމިއްލައަށް މަރުވެއްޖެ
އޭނާ މަރުވިއިރު އުމުރަކީ 27 އަހަރު
ރިޕޯޓްތައް ބުނާ ގޮތުން އޭނާ މަރުވާން ދިމާވީ ކާބޮން މޮނޮކްސައިޑުގެ ވިހައިގެ ސަބަބުން

ދެކުނު ކޮރެއާގެ "ޝިނީ" ބޭންޑްގެ ލަވަކިޔުންތެރިޔާ ކިމް ޖޮން ހިޔުން އަމިއްލައަށް މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާ ހޭނެތިފައި އޮއްވާ ފެނުނީ ހޯމަ ދުވަހު އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން މަރުވެފައިވާކަން އެ ސަރަހައްދުގައި ހަރަކާތްތެރިވި މީހުން ވަނީ ކަށަވަރުކޮށްފައެވެ.

ގަންގްނަމް ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކިމް ޖޮން ހިޔުންގެ ދައްތަ ފުލުހުންނަށް ގުޅާފައި ކިމް ޖޮން އަމިއްލައަށް މަރުވާން އުޅޭ ކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ.

ކޮރެއާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ކިމް ޖޮން ހިޔުން މަރުވުމުގެ ކުރިން ސުއިސައިޑް ނޯޓެއް އޭނާގެ ދައްތަ އަށް ވަނީ މެސެޖު ކޮށްފައެވެ.

އޭނާ އަމިއްލައަށް މަރުވި ސަބަބު އެ ގައުމުގެ ފުލުހުން ތަހުގީގު ކުރުމަންދާއިރު ރިޕޯޓުތައް ބުނާ ގޮތުން އޭނާ މަރުވާން ދިމާވީ ކާބޮން މޮނޮކްސައިޑުގެ ވިހައިގެ ސަބަބުންނެވެ.

އޭނާ މަރުވުމުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ތައުޒިޔާގެ މަސެޖުތައް ފޮނުވާފައެވެ.

"ޝިނީ" ބޭންޑަކީ 2008 ވަނަ އަހަރު އުފެދުނު ބޭންޑެކެވެ. އަދި އެ ބޭންޑަށް ވަނީ މިހާތަނަށް 59 އެވޯޑު ލިބިފައެވެ.  

   

 

 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް