ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 7 ޖަހާއިރު ކަމަށާއި އެކްސިޑެން ހިނގަން މެދުވެރިވީ ބެޓްރީ ސައިކަލަކާއި މޮޓޯސައިކަލެއް ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ފްލެޓް ނަންބަރު 13 ކައިރިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާވި ކަަމަށް ފުލުހުން ހާމައެއް ނުކުރެއެެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.