އިންޖީނުތަކަށް މައްސަލަ ޖެހި ކަރަންޓް ކެނޑެމުން އަންނަ ގދ ވާދޫން ރޭވެސް ކަރަންޓް ކެނޑި ކަރަންޓް ނުލިބި ގިނަ އިރުތަކެއް ވެއްޖެއެވެ.
ވާދޫން ރޭ ކަރަންޓް ކެނޑިފައިވަނީ ގާތްގަނޑަކަށް 9:30 އެހާއިރުން ފެށިގެންނެވެ.
ވާދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ އިންޖީނުތަކަށް މައްސަލަ ދިމާވެ ރަށުން ކަރަންޓް ކެނޑުމުގެ މައްސަލަތައް ދިމާވަމުން ދާތާ މިހާރު ތިން ހަފްތާއެއްހާ ދުވަސް ވެއްޖެ ކަމަށާއި ބޭނުންކުރަމުންދާ ދެ އިންޖީނުގެ ތެރެއިން އިންޖީނެއް މިދިޔަ ހަފްތާގައިވެސް ފެއިލްވެ ރަށުން ކަރަންޓް ކެނޑިފައިވާ ކަމުގައެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ މައްސަލަ ހައްލުކުރުމަށް ފެނަކައިން މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.