ކ. މާލެ
|
1 ޑިސެންބަރ 2017 | ހުކުރު 04:43
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ނާނާ ޕަޓޭކަރް
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ނާނާ ޕަޓޭކަރް
ގޫގުލް
ޕަދްމަވަތީ
ދީޕިކާ އާއި ބަންސާލީއަށް ދެމުންގެންދާ އިންޒާރުތައް ބަލައެއް ނުގަނެވޭނޭ: ނާނާ ޕަޓޭކަރް
މި ފިލްމުގައި ތާރީޚު އޮޅުވާލާފައިވާކަމަށް ރާޖްޕުތު ގްރޫޕްތަކުން ބުނޭ
ރާނީ ޕަދްމިނީ އަކީ ހަޤީޤަތުގައި އުޅުއްވި ރާނީއެއްކަމާއިމެދުވެސް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ދެބަސްވޭ

ފަދްމަވަތީގެ ތަރި ދިޕިކާ ޕަދުކޯން އާއި އެ ފިލްމްގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީއަށް ދެމެންގެންދާ އިންޒާރުތައް ބަލައިނުގަނެވޭނެކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ނާނާ ޕަޓޭކަރް ބުނެފިއެވެ.

ނާނާ ޕަޓޭކަރް ބުނީ ޕަދްމަވަތީ އަދި ރިލީޒް ނުކުރާ ކަމަށާއި، އެހެން ކަމުން ފިލްމްގައި ކުޅެފައިވާ މަންޒަރުތަކަކީ ކޮބައިން ނޭނގޭ ކަމަށެވެ. އެހެންކަމުން ފިލްމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ދިޕިކާ އާއި ބަންސާލީއަށް ދެމުންގެންދާ އިންޒާރުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެގޮތަށް ކަންތައް ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ޕަދްމަވަތީ" އާއި ދެކޮޅަށް ހަރަކާތްތައް ހިންގަމުންދާ ފަރާތްތަކުން ބުނަމުންދަނީ ފިލްމުގައި ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީގެ އިޝްޤީ މަންޒަރެއް ހިމެނޭ ކަމަށާއި އެ ދެ މީހުން ބައްދަލުވާތަން ފިލްމުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ޑައިރެކްޓަރ ބަންސާލީ ބުނެފައިވަނީ އެއީ ދޮގެއް ކަމަށާއި ފިލްމު ބެލުމުން އެކަން އެނގޭނެ ކަމަށެވެ.

މީގެ ކުރިން އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ދީޕިކާ ބުނެފައިވަނީ އޭނާ އަންހެނެއްގެ ހައިސިއްޔަތުންނާއި އިންޑިއާގެ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ދެރަވެ ރުޅިއައިސްފައިވާ ކަމަށެވެ. އަދި އެފިލްމާއި ބެހޭގޮތުން އެކިވާހަކަތައް ދައްކަމުން ދަނީ އެ ފިލްމުގައި ވާގޮތް ނޭނގިތިބެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ. "ޕަދްމަވަތީ" އަކީ މުޅި އިންޑިއާ ފަޚުރުވެރިވާނެ ފިލްމެއް ކަމަށާއި މުޅި ދުނިޔެއަށް ޕަދްމަވަތީގެ ވާހަކަ އެނގެންޖެހޭނެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

ބަންސާލީގެ ޕަދްމަވަތީއަކީ، ރާނީ ޕަދްމަވަތީގެ އަބުރަށް ހުތުރުވާގޮތަށް، ތާރީޚު އޮޅުވާލައި ހަދާފައިވާ ފިލްމެއްކަމަށްބުނެ އިންޑިއާގައި ބޮޑެތި މައްސަލަތަކެއް އުފެދިފައިވާއިރު، ރާނީ ޕަދްމިނީ އަކީ ހަޤީޤަތުގައި އުޅުއްވި ރާނީއެއްކަމާއިމެދުވެސް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ދެބަސްވެއެވެ.   

 

- ކޮމެންޓް