"ރާއްޖެޓީވީ ނައިޓް 2017"ގެ ބައެއް ފަންނާނުންނާ އެކު މިރޭ ސޮއިކޮށްފި އެވެ.
"ރާއްޖެޓީވީ ނައިޓް"ގައި އޮންނަ މިއުޒިކް ޝޯގައި މިފަހަރު ވެސް މަޝްހޫރު ބައެއް ފަންނާނުން ބައިވެރިވާނެ އެވެ.
ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ރާއްޖެޓީވީއާ އެކު ސޮއިކޮށްފައި ވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އާއި ފަތްމިނި ގްރޫޕެވެ. އެ ގްރޫޕްގެ ފަރާތުން ސޮއި ކޮށްފައި ވަނީ އައިޝަތު ހިޝާމާ އެވެ. އަދި މި ފަންނާނުންނާ އެކު ރާއްޖެޓީވީން ވެފައިވާ އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެޓީވީގެ އެގްޒެގެޓިވް ޑިރެކްޓަރ ނާޒްމީ ސައީދެވެ.
ރާއްޖެޓީވީން ބުނީ ކުރީ އަހަރަށް ވުރެ މިފަހަރުގެ "ރާއްޖެޓީވީ ނައިޓް" ފުރިހަމަވެގެންދާނެ ކަމަށާއި މި ފަހަރުގެ ނައިޓުގައި އިތުރު ފަންނާނު ންވެސް ފެނިގެންދާނެ ކަމަށެވެ. އެ ގޮތުން މީގެ ކުރިން ވެސް ވަނީ ބައެއް ފަންނާނުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މީގެ އިތުރުން ރާއްޖެޓީވީ ނައިޓް" ގައި މި ފަހަރު އިންޑިޔާގެ މަޝްހޫރު ފަންނާނެއްގެ އިތުރުން ލަންކާގެ ޖާދޫގަރެއް ވެސް ބައިވެރިވާނެ އެވެ.
ރާއްޖެޓީވީ ނައިޓްގެ ޓިކެޓް ވަރަށް އަވަހަށް ވިއްކަން ފަށާނެ ކަމަށް ރާއްޖެޓީވީގެ މެނޭޖުމަންޓުން މައުލޫމާތުދެ އެވެ.