ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ އިރުއޮއްސި 7:15 ހާއިރު ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ފުވައްމުލަކު އެއާޕޯޓް ކައިރީގައި ދެ ސައިކަލް ޖެހިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި މަރުވީ 17 އަހަރުގެ ފިރިހެން ކުއްޖެ ކަމަށެވެ.
އަނިޔާވެގެން ފަރުވާދެމުން ދަނީ 19 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށް ފުލުހުން ބުންޏެވެ. ދެ މީހުންގެ ހާލަތު ވެސް ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.