ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 10:56
ސޮހާ އާއި ކުނާލް ގެ ދަރިފުޅު
ސޮހާ އާއި ކުނާލް ގެ ދަރިފުޅު
އިންސްޓަގްރާމް
ސޮހާ- ކުނާލް
ސޮހާ އާއި ކުނާލްގެ ދަރިފުޅުގެ ފޮޓޯ ދައްކާލައިފި
ސޮހާ އާއި ކުނާލަށް ދަރިއަކު ލިބުނީ ސެޕްޓެމްބަރު މަހުގައި

ބޮލީވުޑްގެ ދެ ތަރިންކަމަށްވާ ސޮހާ އަލީޚާން އާއި އޭނާގެ ފިރިމީހާ  ކުނާލްގެ އަންހެން ދަރިފުޅު އިނާޔާ ނައުމީގެ ފޮޓޯ ދައްކާލައިފިއެވެ.

ސޮހާ އަލީ ޚާން އާއި ކުނާލަށް އަންހެން ދަރިއަކު ލިބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ގައެވެ.

އިނާޔާގެ ފޮޓޯ ދައްކާލާފައި މިވަނީ އިންޑިއާގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެންނެވެ.

 ކުނާލްގެ އިންސްޓަގްރާމް ޕޭޖުގައި އާންމު ކޮށްފައިވާ މި ފޮޓޯގެ ކެޕްޝަނުގައި ޖަހާފައިވަނީ  އިންޑިއާގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ހުރިހާ ކުޑަކުދިންނަށް ތަހުނިޔާ ކިޔާކަމަށެވެ.

ސޮހާ އާއި ކުނާލް ކައިވެނި ކޮށްފައިވަނީ 2015 ގައެވެ. ސޮހާ އާއި ކުނާލް ބައްދަލު ވެފައި ވަނީ 2009 ވަނަ އަހަރު ފިލްމު "ދޫންޑްތޭ ރެހެޖާއޮގޭ" ޝޫޓް ކުރަން އުޅުމުގެ ތެރޭގައެވެ. ގިނަ ދުވަސް ވަންދެން ރައްޓެހި ވެގެން އުޅުމަށް ފަހު، ސޮހާގެ ކައިވެންޏަށް ކުނާލް އަހާފައި ވަނީ 2014 ވަނަ އަހަރު ޕެރިސްގައެވެ. ސޮހާއަކީ މަންޞޫރު ޢަލީ ޚާން ޕަޓޯޑީ އަދި ފިލްމީ ބަތަލާ ޝަރުމީލާ ޓާގޯރުގެ ދަރިއެކެވެ. އަދި މަޝްހޫރު ފިލްމީ ތަރި ސައިފްގެ ކޮއްކޮއެވެ. ސޮހާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ކަލިޔުގް، ޖައި ވީރޫ، ގޯލްމާލް 3، ބާގް ޖޯނީ ހިމެނެއެވެ. ސޮހާ ވަނީ ކުޑަކުއްޖެއްގެ ރޯލުން ރާޖާ ހިންދުސްތާނީ އިން ފެނިފައެވެ.

- ކޮމެންޓް
17 ނޮވެންބަރ 2017 | ހުކުރު 19:51
ބަބްލި
ކުޑަ ކުއްޖެއްގެ ރޯލުން ރާޖާ ހިންދުސްތާނީން ފެނިފައިވަނީ ސޮހާ އެއް ނޫން. އެއީ ކުނާލް. ސޮހާގެ ފިރިމީހާ.