ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 00:22
ޖޫނޯއިން އޮކްޓޫބަރު މަހު ނަގާފައިވާ ޖުޕިޓާގެ ފޮޓޯތަކެއް
ޖޫނޯއިން އޮކްޓޫބަރު މަހު ނަގާފައިވާ ޖުޕިޓާގެ ފޮޓޯތަކެއް
ނާސާ
ނާސާ އިން ޖުޕިޓާގެ ފޮޓޯ އާންމު
ނާސާގެ ޖޫނޯ ޖައްވީ އުޅަނދުން ޖުޕިޓާގެ އާދަޔާ ހިލާފު ރީތި ފޮޓޯތަކެއް ނަގައިފި
ޖުޕިޓާގެ ފޮޓޯތައް ނަގާފައިވަނީ 20557 މޭލު ދުރުން
ޖައްވީ އުޅަނދު ޖޫނޯ ޖުޕިޓާއަށް ފޯރުމަށް 5 އަހަރު ހޭދަވި

ނާސާއިން ޖުޕިޓާގެ އައު އާދަޔާ ހިލާފު، ގިނަ ފޮޓޯތަކެއް އާންމު ކޮށްފިއެވެ.

ޖައްވީ އުޅަނދު ޖޫނޯއިން އޮކްޓޫބަރު 24 ވަނަ ދުވަހު ނަގާފައިވާ ފޮޓޯތައް ނާސާއިން އާންމު ކޮށްފައިވާއިރު ފޮޓޯތައް ނަގާފައިވަނީ ޖުޕިޓާރ އާއި 20577 މޭލު ދުރުންނެވެ.

ނާސާޖެ ޖޫނޯ ޖައްވީ އުޅަނދުން ނަގާފައިވާ ޖުޕިޓާރ ގެ ފޮޓޯއެއް، ޖޫނޯ އަކީ ޖުޕިޓާއާ ގުޅުންހުރި ދިރާސާ ކުރުމަށް ނާސާއިން 2011 ވަނަ އަހަރު ލޯންޗް ކުރި ޖައްވީ އުޅަނދެއް

ނާސާއިން ޖައްވީ އުޅަނދު 'ޖޫނޯ' ޖުޕިޓާގެ އޯބިޓަށް ވަދެފައިވަނީ 2016 ވަނަ އަހަރުއެވެ. 2011 ވަނަ އަހަރުގެ އޯގަސްޓް މަހު ލޯންޗް ކުރި މި ޖައްވީ އުޅަނދު ޖުޕިޓާއާ ހިސާބަށް ފޯރާފައިވަނީ 2.8 ބިލިއަން ކިލޯމީޓަރު ދަތުރު ކުރުމަށް ފަހު ޖުލައި 2016 ގައެވެ. 

ޖުޕިޓާގެ ޖައްވުގެ ތެރޭގައި ހުއްޓުމެއްނެތި ހިނގަމުންދާ ތޫފާނެއްގެ ފޮޓޯއެއް ޖޫނޯ ނަގާފައި

ޖުޕިޓާއާއި ބެހޭ މައުލޫމާތު ހޯދުމަށް ނާސާއިން ފޮނުވާފައިވާ މި ޖައްވީ އުޅަނދުން ޖުޕިޓާގެ ޖައްވާއި ބެހޭގޮތުން ދިރާސާކޮށް ޖުޕިޓާގެ ވަށައިގެންވާ ހަނދުތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

 
- ކޮމެންޓް