ކ. މާލެ
|
13 ނޮވެންބަރ 2017 | ހޯމަ 09:04
ދީޕިކާ ޕަދުކޯން
ދީޕިކާ ޕަދުކޯން
ގޫގުލް
ދީޕިކާ ޕަދުކޯން
ބަންސާލީގެ ފިލްމަކަށް ސޮއެއް ނުކުރަން: ދީޕިކާ
"ޕަދްމަވަތީ"ގެ ފަހުން ސޮއިކުރީ "ސަޕްނާ ދީދީ" ކިޔާ ފިލްމެއް ކުޅުމަށް

ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކަށް ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން ސޮއިކުރި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ފިލްމު ފެއާ އެވޯޑްގައި ދީޕިކާ ދީފައިވާ އިންޓަވިއުއެއްގައި ބުނީ "ޕަދްމަވަތީ" ގެ ފަހުން ބަންސާލީގެ ފިލްމެއް ކުޅުމަށް އޭނާ ސޮއި ކޮށްފައި ނުވާ ކަމަށެވެ. "ޕަދްމަވަތީ"ގެ ފަހުން އޭނާ ފިލްމަކަށް ސޮއި ކުރީ "ސަޕްނާ ދީދީ" ކިޔާ ފިލްމެއް ކުޅުމަށް އެކަނި ކަމަށް ދީޕިކާ ބުންޏެވެ.

އިންޑިއާގެ ނޫސްތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަންސާލީގެ އެންމެ ފަހުގެ ފިލްމަށް ދީޕިކާ ވަނީ ސޮއިކޮށްފައެވެ. އެ ފިލްމަށް ކުރިން ހަމަޖެއްސީ ޕްރިޔަންކާ ޗޯޕްޅާ ކަމަށާއި ނަމަވެސް ޕްރިޔަންކާ ނޫނެކޭ ބުނުމުން ދީޕިކާ އެ ފިލްމަށް ހަމަޖެއްސީ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ދީޕިކާ ވަނީ ބަންސާލީގެ ތިން ފިލްމެއް މިހާތަނަށް ކުޅެފައެވެ. އެއީ "ގޯލިޔޯންކާ ރަސްލީލާ - ރާމް-ލީލާ" އާއި "ބާޖީރާއޯ މަސްތާނީ" ގެ އިތުރުން "ޕަދްމަވަތީ" އެވެ. މީގެ ތެރެއިން "ޕަދްމަވަތީ" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 1 ގައެވެ. "ގޯލިޔޯންކާ ރަސްލީލާ - ރާމް-ލީލާ" އާއި "ބާޖީރާއޯ މަސްތާނީ" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. އަދި އެ ދެ ފިލްމުގައި ދީޕިކާ ދެއްކި މޮޅު އެކްޓިންއަށް ގިނަ ބަޔަކު ތައުރީފްކޮށްފައި ވެއެވެ. 

- ކޮމެންޓް