ކ. މާލެ
|
12 ނޮވެންބަރ 2017 | އާދީއްތަ 11:23
ސާރާ އަލީ ޚާން
ސާރާ އަލީ ޚާން
ގެޓީ އިމޭޖަސް
ސާރާ އަލީ ޚާން
ސާރާ ޚާންއަށް އަނެއްކާ ވެސް ފިލްމަކުން ފުރުސަތު ލިބިއްޖެ
އިތުރު ފިލްމަކަށް ޝައުގުވެރިކަން ފާޅުކުރީ "ކެދާނަތު" ރިލީޒްކުރާ ދުވަސް ލަސްވުމުން
ސާރާ މިހާރު ވަނީ އާ ފިލްމުގެ ސްކްރިޕްޓް ކިޔާފައި

މަޝްހޫރު ފިލްމީ އެކްޓަރ ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ގެ ފުރަތަމަ ފިލްމު "ކެދާނަތު" ރިލީޒް ނުކުރަނީސް އަނެއްކާވެސް ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސާރާ އަށް ފުރުސަތު ލިބުނީ އަނުޝްކާ ޝަރުމާ ގެ "ޕްރޮޑަކްޝަން ހައުސް" ގެ ފިލްމަކުންނެވެ.

އަދި މިފިލްމު ޕްރޮޑިއުސް ކުރާނީ އަނުޝްކާ ޝަރުމާ ކަމަށާއި އެ ފިލްމު ކުޅުމަށް ހުށައެޅުމުން އެ ކުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް އިންޑިއާގެ ނޫހެއްކަމަށްވާ މިޑްޑޭ ގައި ވަނީ ބުނެފައެވެ.

މި ފިލްމުގެ ސްކްރިޕްޓްވެސް ސާރާ ވަނީ މިހާރު ކިޔާފައެވެ. އެހެން ނަމަވެސް އަދި މި ފިލްމާއި ގުޅޭގޮތުން ރަސްމީ ވާހަކައެއް ދެކެވިފައެއް ނުވެއެވެ.

ސާރާގެ ފުރަތަމަ ފިލްމު "ކެދާނަތު" ގެ ޝޫޓިން ފަށާފއިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަދި ޝޫޓިން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޓީ-ސީރިޒްއާއި ކަރިއާޖް އެންޓައިމެންޓް އަދި "ގައި އިން ދަ ސްކައި" އާއި ބަލައްޖީ މޯޝަން ޕިކްޗާ ގުޅިގެން އުފައްދާ "ކެދާނަތު" ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީޚް ވަނީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އަބީޝެކް ކަޕޫރެވެ. ސާރާގެ އިތުރުން މި ފިލްމުން ފެނިގެންދާނީ ސުޝާންތު ސިންހް އެވެ. ސާރާ ކުރިން ބުނެފައިވަނީ އޭނާގެ ފުރަތަމަ ފިލްމު ރިލީޒް ނުވަނީސް އެއްވެސް ފިލްމެއް ނުކުޅޭނެ ކަމަށެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި ސާރާ އިތުރު ފިލްމަކަށް ޝައުގުވެރިކަން ފާޅުކުރީ "ކެދާނަތު" ރިލީޒްކުރާ ދުވަސް ލަސްވުމުންނެވެ.

- ކޮމެންޓް