ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 10:03
"އޯލްޑް އިޒް ގޯލްޑް"ގެ ދެ ވަނަ ޝޯގެ ޕާޓްނަރުންނާއެކު ސޮއި ކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން
"އޯލްޑް އިޒް ގޯލްޑް"ގެ ދެ ވަނަ ޝޯގެ ޕާޓްނަރުންނާއެކު ސޮއި ކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން
މުހައްމަދު ޝަރުހާން
"އޯލްޑް އިޒް ގޯލްޑް"
"އޯލްޑް އިޒް ގޯލްޑް" ދެ ވަނަ ޝޯ ޑިސެމްބަރު 7-8 ގައި
 
"ރަން ޒަމާން"ޝޯގެ ޓިކެޓް ވިއްކަން ފަށާނީ މިމަހުގެ 10 އިން ފެށިގެން އޮލިމްޕަހުން

"އޯލްޑް އިޒް ގޯލްޑް"ގެ ދެ ވަނަ ޝޯ "ރަން ޒަމާން"ގެ ނަމުގައި ޑިސެމްބަރު 7 އިން 8 އަށް ނިންމައި ޕާޓްނަރުންނާއެކު ބުދަ ދުވަހުގެ ރޭ ސޮއިކޮށްފި އެވެ.

ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ-މޯލްޑިވްސް (ފެއިމް) އިން އިންތިޒާމުކޮށްގެން ބާއްވާ މިޝޯގައި ކުރީގެ 23 ފަންނާނަކު ބައިވެރިވެ އެވެ.އޭގެތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ މަސްއޫދު މޫސާ ދީދީ ހިމެނެ އެވެ. 

ފެއިމްގެ ރައީސް އަހުމަދު އަމްޖަދު ވިދާޅުވީ މިޝޯއަށް ފަހު ރާއްޖޭގެ އެހެން ރަށްރަށުގައި މިކަހަލަ ޝޯތައް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އުއްމީދު ކުރަނީ އަޅުގަނޑުމެން ބާއްވާ މިކަހަލަ ޝޯތަކުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ލިބޭނެކަމަށް،" އަމްޖަދު ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ރޭ ރަން ޒަމާނުގެ ޝޯގެ ހަ ޕާޓްނަރަކާއެކު ފެއިމްއިން ވަނީ ސޮއިކޮށްފަ އެވެ.މި ޝޯގެ ޓީވީ ޕާޓްނަރަކީ ރާއްޖެޓީވީއެވެ.

ޕާޓްނަރުންނާއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ މިފަދަ މުހިންމު ޝޯއެއްގެ ޓީވީ ޕާޓްނަރަކަށް ރާއްޖެ ޓީވީ ވުމަކީ ލިބިގެންދިޔަ ޝަރަފެއް ކަމަށެވެ.

"ރާއްޖެޓީވީ މީޑިއާ ޕާޓްނަރަކަށް ވުމުކީ ލިބުނު ފަޚުރެއް، މި ޝޯ ކާމިޔާބު ޝޯއަކަށް ހެދުމަށްޓަކާ ރާއްޖެޓީވީގެ ފަރާތުން އެއްބާރުލުމެއް ލިބޭނެ، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ފިޔާޒު ވިދާޅުވިއެވެ.

މިފަހަރުގެ ޝޯގެ އިވެންޓް ޕާޓްނަރަކީ އިވެންޓް މޯލްޑިވްސް އެވެ. ރެސްޓޯރެންޓް ޕާޓްނަރަކީ ކޮފީ ވިލެކެވެ. ސެލޫން ޕާޓްނަރަކީ ސްކިން ކެންޑީއެވެ. އޮންލައިން ޕާޓްނަރަކީ އަވަސް އެވެ. އަދި ޗެރިޓީ ޕާޓްނަރަކީ ކެންސަރ ސޮސައިޓީ އެވެ.

މިފަހަރުގެ ޝޯއިން ލިބޭ ފައިސާ ހަދިޔާކުރުމަށް ނިންމާފައިވަނީ ކެންސަރ ސޮސައިޓީ އަށެވެ.

 

އަލްޑް އިޒް ގޯލްޑްގެ ފުރަތަމަ ޝޯގެ ޕޯސްޓަރު

ކުރިން އޮލިންޕިއަންސްއިން ފެނިގެން ދިޔަ ބައެއް ފަންނާނުންނާއެކު "އޯލްޑް އިޒް ގޯލްޑް"ގެ ފުރަތަމަ ޝޯ ބާއްވާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު 22 ގައެވެ.

ފެއިމް އިން އިސްނަގައިގެން އިންޑިއަން ކަލްޗަރަލް ސެންޓަރުގެ އެހީތެރިކަމާއެކު ބާއްވާ "ރަން ޒަމާން" ޝޯގެ ޓިކެޓް ވިއްކަން ފަށާނީ މިމަހުގެ 10 އިން ފެށިގެން އޮލިމްޕަހުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި