ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 14:37
ޗަކްނޯރިސް އަދި ޖީނާ
ޗަކްނޯރިސް އަދި ޖީނާ
ގެޓީ އިމޭޖަސް
ޗަކް ނޯރިސް
އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް
 
ވިހަ އިންޖެކްޝަން ޖެހިފަހުން  ސިއްހީ އެތައް މައްސަލަތަކާއި ކުރިމަތިވެފައިވޭ
 
ޖީނާ އެމްއާރު އައި ހަދާފައިވަނީ ހުޅުހުޅުގައި ރިއްސާތީ ޓެސްޓު ކުރުމަށްޓަކައި
 
ވިހަ އިންޖެކްޝަނެއް ޖެހިކަމުގެ ދައުވާ މިހާރު ވަނީ އުފުލާފައި

ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޗަކް ނޯރިސް ގެ އަންހެނުންގެ ގަޔަށް  ވިހަ އިންޖެކްޝަނެއް ޖަހާފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ނޯރިސް ބުނީ އެމްއާރުއައި ހެދުމުގެ ކުރިން އޭނާގެ އަންހެނުން ޖީނާ ނޯރިސްގެ ގަޔަށްވިހަ އިންޖެކްޝަނެއް ޖަހާފައިވާކަން ހާމަވެފައިވާ ކަމަށެވެ.  ވިހަ އިންޖެކްޝަން ޖެހިފަހުން  އޭނާގެ އަންހެނުން ޖީނާ ނޯރިސްއަށް ސިއްހީ އެތައް މައްސަލަތަކާއި ކުރިމަތިވެފައިވާ ކަމަށް ޗަކް ނޯރިސް ބުންޏެވެ. އޭގެ ތެރޭގައި ނާރުތަކުގައި ރިއްސުމާއި ކިޑްނީގެ މައްސަލަތައް ދިމާވެފައިވާކަމަށް އޭނާ ބުންޏެވެ.

ޖީނާ މީގެ 4 އަހަރު ކުރިން އެމްއާރު އައި ހަދާފައި ވަނީ ހުޅުހުޅުގައި ރިއްސާތީ ޓެސްޓު ކުރުމަށްޓަކައި ކަމަށް  ނޯރިސް ބުންޏެވެ. 

ޖީނާ ގަޔަށް ޖެހި އިންޖެކްޝަނުގައި ހަށިގަނޑުގެ ޓިޝޫތައް ހަލާކުކޮށްލާ ދަގަނޑުގެ ބާވަތްތައް ކަމަށްވާ ގަޑޮލޮނިއަމްގައި ވިހަ އެކުލެވިގެންވާކަން ހާމަވެފައިވާކަމަށް ޗަން ނޯރިސް ބުންޏެވެ.

ޗަކްނޯރިސް ބުނީ ޖީނާ ބަލިވާން ފެށުމުން އޭނާ ފިލްމު ކުޅުމާއި ދުރަށްގޮސް އޭނާއަށް އެހީވުމަށް މިހާރު ދިރިއުޅުމުގެ ހުރިހާކަމެއް ހުއްޓާލާފައިވާ ކަމަށެވެ. އަދި އެހުރިހާ ކަމަކަށްވުރެ އޭނާގެ އަންހެނުންގެ ހާލު މާ މުހިއްމު ކަމަށް ޗަން ނޯރިސް ބުންޏެވެ.

އުމުރުން 54 އަހަރުގެ ޖީނާ ބުނީ 2013 ވަނަ އަހަރު އެމްއާރުއައި ހެދުމުގެ ކުރިން އޭނާގެ ގަޔަށް އިންޖެކްޝަން ޖެހުމުން ހީވީ މުޅި ހަށިގަނޑުގައި އަލިފާން ހިފާފައިވާހެން ކަމަށެވެ. އެހާ ވަރަށް އޭނާ ގައިން ދިލަ ނެގި ކަމަށާއި އެ އެސިޑް ހަށިގަނޑުގެ ތެރެއަށް ދައުރުވަމުން ދިޔަހެން އޭނާގެ ނާރުތައް ހީވީ ބުރިބުރި ވެގެން ދިޔަހެން ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން ފަސް މަސް ދުވަސް ވަންދެން އޭނާ އައިވީ ގުޅާފައި އޮންނަން ޖެހުނު ކަމަށް ޖީނާ ބުންޏެވެ. އޭނާގެ ދަރިން ބޮޑުވަންދެން ދުނިޔޭގައި ހުންނާނެ ނަމައޭ ހިތަށް އެރި ކަމަށް ޖީނާ ބުންޏެވެ. ޖީނާ ބުނީ މި ވޭތުވެދިޔަ 4 އަހަރުތެރޭގައި އޭނާގެ ބައްޔަށް ބޭސްކުރުމަށް ދެ މިލިއަން ޑޮލަރަށް ވުރެ ގިނައިން ހޭދަވެފައިވާ ކަމަށެވެ.

އެ ދެމަފިރިން މިހާރު ވަނީ އެ ދައުވާ ގަޑޮލިނިއަމް ކޮންޓްރަސްޓް އެޖެންޓް އާއި ދެކޮޅަށް މިހާރު އުފުލާފައެވެ. ޑެއިލީ މެއިލުން ބުނާގޮތުގައި ގަޑޮލިނިއަމް ކޮންޓްރަސްޓް އެޖެންޓް އަކީ ތިންވަނައަށް އެންމެ ގިނައިން  އެމްއާރުއައި ސްކޭން ހަދާ އެއް ތަނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް
8 ނޮވެންބަރ 2017 | ބުދަ 14:49
އޭނަ
ޗަކް ނޯރިސް...... ރަނގަޅައް ނަން ލިޔެލަބަލަ ދެން ދޯ........
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފި
ސޯޝަލް މީޑިއާގައި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމާއި ބޭއަދަބީ ކަންކަން ޕްރޮމޯޓް ކުރަމުންދާއިރު، އިދާރާތަކުގެ ހިލަމެއް ނެތް
ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް، އަނިޔާވެގެން ބިދޭސީއަކު މަރުވެއްޖެ
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ފުނަދޫގައި ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ދޮގާއި ތެދު ހިމެނޭހެން މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނަވާ: ރައީސް
އަޑިނޭނގޭ އަނދަވަޅަކަށް ވެއްޓިފައިވާ ލުބުނާނުގެ އިޤްތިޞާދު ކޮޅަށްޖެހުމަށް އީޔޫއިން އެހީވަނީ