ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 12:53
ޓްވިޓާގައި ޓުވީޓު ކުރުމަށް ބޭނުންކުރަމުން އައި 140 ކެރެކްޓާ 280 އައް ބަދަލުކޮށްފި
ޓްވިޓާގައި ޓުވީޓު ކުރުމަށް ބޭނުންކުރަމުން އައި 140 ކެރެކްޓާ 280 އައް ބަދަލުކޮށްފި
އެންޑީޓީވީ
ޓްވިޓާ ކެރެކްޓާ ލިމިޓް
ޓްވީޓް ކުރާއިރު ބޭނުންކުރެވޭ ކެރެކްޓާ ލިމިޓް 140ން 280އަށް
 
ޓުވިޓާގެ ކެރެކްޓާ ލިމިޓް 140 އިން 280 އަށް ބަދަލުކޮށްފި

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާގައި ޓުވީޓް ކުރަން ކަނޑައަޅާފައި އޮތް 140 ކެރެކްޓާގެ ލިމިޓް 280 އަށް ބަދަލުކޮށްފިއެވެ.

އަންގާރަ ދުވަހު ޓުތިޓާއަށް ރަސްމީކޮށް މިބަދަލު އައި ނަމަވެސް ޓްވިޓާއިން ، ފާއިތުވެދިޔަ ސެޕްޓެމްބަރުންމަހުން ފެށިގެން  ވަނީ ޓްވިޓާ ބޭނުންކުރާ ބައެއް ފަރާތްތަކަށް މި އަޕްޑޭޓް ޓެސްޓް ކުރުމުގެ ގޮތުން ފޯރުކޮށްދީފައިއެވެ.
މި ބަދަލާއިއެކު ޓުވިޓާ ބޭނުންކުރާ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން ޓުވިޓާއަށް އަމާޒުވެފައިވާއިރު 280ގެ ކެރެކްޓާ ލިމިޓް ބޭނުންކޮށްގެން ޓުވީޓްކޮށްފައިވަނީ އެންމެ ފަސް ޕަސެންޓް މީހުންނެވެ.

ޓްވިޓާގެ މި އަޕްޑޭޓް ޗައިނާ، ކޮރެއާ އަދި ޖަޕާނު ފަދަ ގައުމުތަކަށް ލިބިގެނެއް ނުދާނެއެވެ. މިއީ 2006 ވަނަ އަހަރު ޓުވިޓާ ތަޢާރަފު ކުރި ފަހުން ބޭނުން ކުރަމުން އައި 140ގެ ކެރެކްޓާ ލިމިޓް ބަދަލުކުރި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް