ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 12:10
ގައުމީ ފިލްމު އެވޯޑްސް 2016
ގައުމީ ފިލްމު އެވޯޑްސް 2016
ގޫގުލް
ދިވެހި ފިލްމު އެވޯޑްސް
ދިވެހި ފިލްމު އެވޯޑްސް އަންނަ މަހުގެ 19 ގައި
 
ނޮވެމްބަރު މަހު 01 އިން 15 އަށް ވަނީ ފިލްމު ނޮމިނޭޓް ކުރުމަށް ހުޅުވާލާފައި
 
މިއަހަރު ހުޅުވާލަނީ 2014 އިން 2016 އަށް ނެރުނު ފިލްމުތަކަށް

ދިވެހި ފިލްމު އެވޯޑްސް އަންނަ މަހުގެ 19 ގައި ބާއްވަން ނިންމައިފި އެވެ.

މިކަން އިއުލާން ކުރުމަށް ފަހު އެވޯޑްގެ ހަފުލާގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާރަ ދުވަހު ޔޫތު މިނިސްޓްރީއާއި ޕީއެސްއެމުން ވަނީ ސޮއި ކޮށްފައެވެ.

 ދިވެހި ފިލްމު އެވޯޑްސް އަށް ފިލްމުތައް ބައިވެރިކުރުމަށް 01 ނޮވެމްބަރުން ފެށިގެން ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ފިމްލުތައް ބައިވެރި ކުރުމުގެ އެންމެ ފަހު ތާރީހަކީ 15 ނޮވެމްބަރު އެވެ. "ދިވެހި ފިލްމު އެވޯޑްސް 8" ގެ އުސޫލު އަދި ބައިވެރިވުމަށް އެދޭ ފޯމް އެންސީއޭގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މިފާއިތުވެދިޔަ ދެ އަހަރުވެސް ގައުމީ ފިލްމު އެވޯޑް ދީފައިވެ އެވެ. އެގޮތުން 2015 ވަނަ އަހަރު އެވޯޑް ހަފްލާފައި އެވޯޑް ދީފައިވަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް ނެރެފައިވާ ފިލްމުތަކަށް ހާއްސަ ކުރެވިގެންނެވެ. އަދި 2016 ވަނަ އަހަރު އެވޯޑްދީފައި ވަނީ 2011 ވަނަ އަހަރުން 2013 ވަނަ އަހަރުގެ ނިޔަލަށް ނެރުނު ފިލްމުތަކަށެވެ.

ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް އިން އާންމުކޮށްފައިވާ ބަޔާނުގައިވާ ގޮތުން، މިފަދަ އެވޯޑެއް ދިނުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީ ކޮށް ދެމެހެއްޓުމެވެ.

އެގޮތުން 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ނެރެފައިވާ  ފިލްމުތަކަށް އެވޯޑް ދިނުމުގެ ހަފްލާ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް