ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް ޑައުންވެއްޖެއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހް ވިދާޅުވީ ވެބްސައިޓް ޑައުންވެފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށާއި ވެބްސައިޓް ޑައުންވެފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
ނަާސިހް ވިދާޅުވީ އެ ކޮމިޝަންގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ދިރާގާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މައްސަލަ ހައްލުވާނެ ދުވަހެއް ދަންނަވަން ދަތިކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.