ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 14:38
ސްނެޕްޗެޓް
ސްނެޕްޗެޓް
ގެޓީ އިމޭޖަސް
ސްނެޕް ޗެޓް
ސްނެޕްޗެޓް ހަތަރު ގަޑިއިރަށް ޑައުން ވެއްޖެ
 
މިއެޕްގެ ބޭނުން ކުރާ މީހުންގެ އަދަދު  100 މިލިއަނަށް ވުރެ ވަނީ އިތުރު ވެފައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ސްނެޕްޗެޓް ހަތަރު ގަޑިއިރަށް ޑައުން ވެއްޖެއެވެ.

ސްނެޕްޗެޓް ޑައުން ވެފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ދޭކުން ފެށިގެން ހަތަރު ގަޑިއިރަށެވެ.

ސްނެޕްޗެޓުގެ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ސްންޕްޗެޓަށް ދިމާވި މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ.

ސްނެޕްޗެޓުގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންގެ މެދުގައި އިތުރުވެގެން ގޮސްފައިވެއެވެ.

ސްނެޕްޗެޓުގައި އެންމެ މަގުބޫލު އެއް ފީޗާއަކީ، އޭގެން ޑިޓެކްޓް ކުރާ މީހުންގެ މޫނުތަކަށް ޚާއްސަކޮށްގެން "ފޭސް ފިލްޓާސް" ބޭނުންކުރެވޭ ފީޗާއެވެ.

ސްނެޕްޗެޓް ބޭނުންކުރާ ފަރާތްތަކަށް ފޮނުވާ ފޮޓޯ އަދި މެސެޖުތައް 24 ގަޑިއިރު ތެރޭ ފޮހެވެއެވެ. މިއެޕްގެ ބޭނުން ކުރާ މީހުންގެ އަދަދު  100 މިލިއަނަށް ވުރެ ވަނީ އިތުރު ވެފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ 30 އަހަރުން ދަށުގެ ޒުވާނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް