ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 13:01
"އިއްތިފާގް" ގެ ލީޑް ރޯލުން ފެނިގެންދާ ދެ ތަރިން
"އިއްތިފާގް" ގެ ލީޑް ރޯލުން ފެނިގެންދާ ދެ ތަރިން
ގޫގުލް
"އިއްތިފާގު"
"އިއްތިފާގު" ކާމިޔާބުތަ؟
 
ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަބޭ ޗޯޕްޅާ

ޝާހްރުކް ޚާން އަދި ކަރަން ޖޯހަރު ޕްރޮޑިއުސްކޮށްފައިވާ "އިއްތިފާގު" ރިލީޒް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ.

ސިދާރްތު މަލޯތުރާ އަދި ސޮނާކްޝީ ސިންހް ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ އާމްދަނީއަށް ވަނީ މިހާތަނަށް 163.9 މިލިއަން ކުރޯޑް ރުޕީސް ލިބިފައެވެ.

މި ފިލްމު ހަދާފައިވަނީ 200 މިލިއަން ކުރޯޑް ރުޕީސް ބަޖެޓަކުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ފިލްމު ހެދުމަށް ދިޔަ ޚަރަދު ލިބޭނެ ކަމަށް ވަނީ ޔަގީން ވެފައެވެ.

ކުރީގެ "އިއްތިފާގް 1969" ގެ ރީމޭކިން އަށް ހަދާފައިވާ މި ފިލްމު ބަލަން ދިޔަ ފަރާތްތަކުން ވަނީ ފިލްމު ކަމުދާ ކަމަށާއި ބަލާލަން ރަނގަޅު ފިލްމެއް ކަމަށް ބުނެފައެވެ.  ޓްރޭޑް އެންލިސްޓުން ވެސް މި ފިލްމާއި ދޭތެރޭ ދެކޭ ގޮތް ރަނގަޅެވެ.

މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަބޭ ޗޯޕްޅާ އެވެ.

ކުރީގެ "އިއްތިފާގް"ގައި މުހިންމު ރޯލްތަކުން ފެނިގެން ގޮސްފައި ވަނީ ރާޖޭޝް ކަންނާ އާއި ނަންދަ އަދި މަދަން ޕޫރީ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް