ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 12:03
ދީޕިކާ ޕަދުކޯން
ދީޕިކާ ޕަދުކޯން
ހިންދުސްތާނީ ޓައިމްސް
ދީޕިކާ ޕަދުކޯން
ދެންވެސް ދީޕިކާ އެންމެ އަވަހަށް ފެންނާނީ ބަންސާލީގެ ފިލްމަކުން
 
"ޕަދްމަވަތީ" ރިލީޒް ކުރުމަށްފަހު ވަރަށް އަވަހަށް މި ފިލްމުގެ ޝޫޓިން ފަށާނެ

އަންނަ މަހުގެ 1 ގައި ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމަވަތީ" ގައި ފެނިގެންދާ އަންހެން ބަތަލާއަކީ ދީޕިކާ ޕަދުކޯންއެވެ. އަދި އޭގެ ކުރިން ނިކުތް "ބަޖިރާއޯ މަސްތާނީ"ގައިވެސް ފެނިގެންދަނީ ދީޕިކާއެވެ. އެއީވެސް ބަންސާލީގެ ޑައިރެކްޝަނެކެވެ.

އެންމެ ފަހުން އަޑުއިވިގެން މިދިޔައީ ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމުގެވެސް ބަތަލާއަކަށް ދީޕިކާ ޕަދުކޯން ހަމަޖެއްސި ވާހަކައެވެ.

ބަންސާލީގެ އާ ފިލްމަކީ މަޝްހޫރު ލިޔުންތެރިން ކަމަށްވާ އަމްރިތާ ޕްރީތަމް އާއި ސާހިރް ސުދިއަންވީގެ ލޯބީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެންމެ ފުރަތަމަ މި ފިލްމުގެ ބަތަލާއަކަށް ހަމަޖެއްސީ ޕްރިޔަންކާ ޗޯޕްޅާ އެވެ. އެހެން ނަމަވެސް ހޮލީވުޑްގައި މާ ބުރަކޮށް އުޅޭތީ ޕްރިޔަންކާ ނޫނެކޭ ބުނީކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕްރިޔަންކާ ނޫނެކޭ ބުނުމުން ދީޕިކާ އަށް އެ ފުރުސަތު ދިނީކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. އަދި ދިޕިކާ މިހާރު މި ފިލްމު ކުޅުމަށް ސޮއިވެސް ކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި "ޕަދްމަވަތީ" ރިލީޒް ކުރުމަށް ފަހު ވަރަށް އަވަހަށް މި ފިލްމުގެ ޝޫޓިން ބަންސާލީ އާއި އޭނާގެ ޓީމުން ފަށާނެއެވެ. ދީޕިކާއާއި އެކު މި ފިލްމުން ބަތަލެއްގެ ރޯލުން ފެނިގެންދާނީ އަބީޝެކް ބައްޗަން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް