ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 08:55
"ދަ ލޯޑް އޮދް ދަ ރިންގްސް" ޕޯސްޓަރެއް
"ދަ ލޯޑް އޮދް ދަ ރިންގްސް" ޕޯސްޓަރެއް
ގެޓީ އިމޭޖަސް
"ދަ ލޯޑް އޮފް ދަ ރިންގްސް"
"ދަ ލޯޑް އޮފް ދަ ރިންގްސް" ސީރީޒްއަކަށް ބަދަލު ކުރަނީ
 
"ދަ ލޯޑް އޮދް ދަ ރިންގްސް" ގެ ތިން ފިލްމެއް މިހާތަނަށް ވަނީ ދައްކާފައި

"ދަ ލޯޑް އޮފް ދަ ރިންގްސް" ސީރީޒްއަކަށް ބަދަލު ކުރަން އުޅޭ ކަމަށް އެ ފިލްމު އުފައްދާ އެމޭޒަން ސްޓޫޑިއޯއިން ބުނެފިއެވެ.

އެ ސްޓޫޑިއޯގެ ސީއީއޯ ޖެފް ބެޒޯ ބުނީ "ދަ ލޯޑް އޮފް ދަ ރިންގްސް" ސީރީޒްއަކަށް ބަދަލުކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި އަދި ނިމުމަކާއި ހަމައަށް ނާދެވޭ ކަމަށެވެ. އެހެން ނަމަވެސް ސީރީޒްއެއްގެ ގޮތުގައި ގެނެސްދިނުމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ބުންޏެވެ.

ޖެފް ބެޒޯ ބުނީ ވާނާ ބްރަދާސް އާއި މަޝްވަރާތައް ކުރެވެމުންދާތީ އަދި އެކަމުގެ ތަފްސީލު އަދި ދެވެން ނެތްކަމަށެވެ. މި ފިލްމުގެ ރައިޓްސް އޮންނަނީ ވާނާ ބްރަދާޒް އާއި އެމެޒޯން ސްޓޫޑިއޯއާއިއެވެ.

"ދަ ލޯޑް އޮފް ދަ ރިންގްސް" އަކީ ޕީޓާ ޖެކްސަން ޑައިރެކްޓް ކޮށްފައިވާ ކާމިޔާބު ފްރަންޗައިޒް ފިލްމުތަކެކެވެ.

"ދަ ލޯޑް އޮދް ދަ ރިންގްސް" ގެ ތިން ފިލްމެއް މިހާތަނަށް ވަނީ ދައްކާފައެވެ. އެއީ "ފެލޯޝޮފް އޮފް ދަ ރިންގްސް (2001)"، "ދަ ޓޫ ޓަވާޒް (2002)" އަދި "ދަ ރިޓާން އޮފް ދަ ކިންގް (2003)" އެވެ.

މީގެ އިތުރުން "ހޮބިޓް" ގެ ނަމުގައި މި ފްރަންޗައިޒްގެ އިތުރު ތިން ފިލްމެއް "ލޯޑް އޮފް ދަ ރިންގްސް" ގެ ޕްރިއެކްއެލްތަކެއްގެ ގޮތުގައި ޕީޓާ ވަނީ ގެނެސްދީފައެވެ. ޕީޓާ ޑައިރެކްޓް ކޮށްފައިވާ އެ ތިން ފިލްމަކީ "އޭން އަންއެކްސްޕެކްޓެޑް ޖާނީ (2012)"، "ދަ ޑިޒޮލޭޝަން އޮފް ސްމޯގް (2013)" އަދި "ދަ ބެޓްލް އޮފް ދަ ފައިވް އާމީޒް (2014)" އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި