ކ. މާލެ
|
6 ނޮވެންބަރ 2017 | ހޯމަ 13:08
"ދަ ޓުނައިޓް ޝޯ" ގެ ހޮސްޓް ޖިމީ ފެލަން
"ދަ ޓުނައިޓް ޝޯ" ގެ ހޮސްޓް ޖިމީ ފެލަން
ގެޓީ އިމޭޖަސް
"ދަ ޓުނައިޓް ޝޯ"
"ދަ ޓުނައިޓް ޝޯ" ހަފްތާއަކަށް މެދުކަނޑާލައިފި
 
ރިޕޯޓްތައް ބުނާގޮތުގައި ޖިމީގެ ޓޯކް ޝޯ މި ނޮވެމްބަރު މަހުގެ 6 އިން 10 އަކަށް ނުދައްކާނެ
 
ޖިމީ ފެލަންގެ މަންމަ މަރުވީ ހޮނިހިރު ދުވަހުގައި

"ލޭޓް ނައިޓް ޓޯކް ޝޯ" އެއް ކަމަށްވާ "ދަ ޓުނައިޓް ޝޯ" ހަފްތާއަކަށް މެދު ކަނޑާލައިފިއެވެ.

މި ޝޯ ހަފްތާއަކަށް މެދުކަނޑާލީ "ލޭޓް ނައިޓް ޓޯކް ޝޯ" ގެ މިހާރުގެ ހޮސްޓް ކަމަށްވާ ޖިމީ ފެލަން ގެ މަންމަ ގްލޯރިއާ ފެލަން މަރުވުމާއި ގުޅިގެން އޭނާ ކުޑަ ޗުއްޓީއެއް ބޭނުންވާތީއެވެ.

ގްލޯރިއާ ފެލަން މަރުވެފައިވަނީ އުމުރުން 68 އަހަރުގައި މިދިޔަ ހޮނިހިރު ދުވަހުގައި އެމެރިކާގެ ނިއުޔޯކް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ހުކުރު ދުވަހުގެރޭ ގްލޯރިއާ ވަނީ ހޮސްޕިޓަލުގައި އެމަޖެންސީކޮށް އެޑްމިޓް ކޮށްފައެވެ. ހަމަ އެއާއެކު އެރޭގެ ޝޯގެ ޝޫޓިން ޖިމީ ވަނީ ކުއްލި ގޮތަކަށް ކެންސަލް ކޮށްފައެވެ.

ޖިމީ އޭނާގެ މަންމަ މަރުވުމާއި ގުޅިގެން ބުނެފައިވަނީ އޭނާއަށް ގެއްލުނީ ހަމައެކަނި މަންމަ ނޫން ކަމަށާއި އޭނާގެ އެންމެ ބޮޑު ފޭން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޖިމީގެ ޓޯކް ޝޯ މި ނޮވެމްބަރު މަހުގެ 6 އިން 10 އަކަށް ނުދައްކާނެއެވެ.

"ލޭޓް ނައިޓް ޓޯކް ޝޯ" ދައްކާ ޗެނަލް އެންބީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖިމީގެ މަންމަ މަރުވުމާއި ގުޅިގެން އޭނާ އަށާއި އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާކަމަށެވެ.

ޖިމީގެ މަންމަ މަރުވުމާއި ގުޅިގެން ސޯޝަލްމީޑިއާގައި އެތައް ފަރާތްތަކެއް ދަނީ އޭނާއަށް ތައުޒިޔާ ކިޔަމުންނެވެ.

"ދަ ޓުނައިޓް ޝޯ" ދައްކަން ފަށާފައި ވަނީ 1954 ވަނަ އަހަރުން ފެށިގެންނެވެ. މިހާތަނަށް އެ ޝޯ ވަނީ 6 މީހަކު ހުށައަޅާފައެވެ. އެންމެ ފުރަތަމަ އެ ޝޯ ހޯސްޓު ކުރީ ސްޓީވް އެލެން އެވެ. އޭނާ ހޯސްޓު ކޮށްފައިވަނީ( 1954-1957) އާއި ހަމައަށެވެ. އޭގެ ފަހުން ޖެކް ޕާރް 1957-1962 އަށް ޖޯނީ ކާސަން( 1962-1992) އަށް ޖޭ ލީނޯ( 1992-2009) ކޮށްފައިވެއެވެ. ކޮނާން އޯބްރިއެން މި ޝޯ ހޮސްޓް ކޮށްފައި ވަނީ 2009 އިން ފެށިގެން 2010 އާއި ހަމައަށެވެ. އޭގެ ފަހުން އަނެއްކާވެސް ޖޭ ލީނޯ ވަނީ(2010-2014 )އަށް ހޮސްޓު ކޮށްފައެވެ. ޖިމީ ފެލަން "ދަ ޓުނައިޓް ޝޯ" ހޮސްޓު ކުރަން ފަށާފައިވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ. މިހާތަނަށް މި ޝޯގެ 12،000 އަށް ވުރެ ގިނަ ޝޯ ވަނީ ދައްކާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް