ކ. މާލެ
|
6 ނޮވެންބަރ 2017 | ހޯމަ 12:28
މިސް އާތަކަށް ހޮވުނު ފިލިޕީންސްގެ ކަރެން އިބަސްކޯ
މިސް އާތަކަށް ހޮވުނު ފިލިޕީންސްގެ ކަރެން އިބަސްކޯ
ގެޓީ އިމޭޖަސް
މިސް އާތު 2017
މިސް އާތަކަށް ފިލިޕީންސްގެ ކަރެން އިބަސްކޯ
 
 އިބަސްކޯ ބޮލުގައި މިސް އާތުގެ ތާޖު އެޅުވީ މިދިޔަ އަހަރު މިސްއާތަކަށް ހޮވުނު ކެތަރިން

މިއަހަރުގެ މިސް އާތަކަށް ފިލިޕީންސްގެ ކަރެން އިބަސްކޯ ހޮވިއްޖެއެވެ.

 އިބަސްކޯގެ ބޮލުގައި މިސް އާތުގެ ތާޖު އެޅުވީ މިދިޔަ އަހަރު މިސްއާތަކަށް ހޮވުނު ކެތަރިންނެވެ.

އިބަސްކޯ އަށް ކުރި އިންޓަވިއުގައި އޭނާ ކައިރިން އަހާފައިވަނީ އޭނާ ދެކޭގޮތުގައި ދުނިޔޭގެ ތިމާވެއްޓަށް އެންމެ ބޮޑު ގެއްލުމެއް ދެނީ ކާކުތޯއާއި އެއީ ކީއްވެތޯއެވެ.

އޭގެ ޖަވާބަކަށް އިބަސްކޯ ބުނެފައިވަނީ އޭނާ ދެކޭގޮތުގައި އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތައް ނޫން ކަމަށެވެ. އޭނާ ދެކޭގޮތުގައި އެންމެ ބޮޑު މައްސަލައަކީ ތިމާވެއްޓަށް އަޅާ ނުލާ އިންސާނުން ކުރާ ކަންތައްތައް ކަމަށެވެ. އަދި އެންމެން އެކައްޗެކޭ ކިޔައިގެން މި ޕްލެނެޓް ސަލާމަތް ކުރުމަށް މަސައްކަތް ކުރަންވީކަމަށް އިބަސްކޯ ބުންޏެވެ.

މިސް އާތު ގެ އެވޯޑް ފިލިޕީންސްގެ މީހަކަށް އެންމެ ފަހުން ލިބިފައިވަނީ 2015 ވަނަ އަހަރުގައެވެ.

އެއީ އެންޖެލީނާ އޮންގް އަށެވެ.

މި އެވޯޑް ހަފްލާގެ އެހެން އެވޯޑުތަކަށް ބަލާއިރު މިސްއާތު އެއާ އަކަށް ހޮވުނީ އޮސްޓްރޭލިއާގެ ނީނާ ރޮބާޓްސަން އަށެވެ. މިސް އާތު ފަޔާގެ އެވޯޑް ލިބުނީ ރަޝިއާގެ ލަޑާ އަކިމޯވާ އަށެވެ.  މިސް އާތު ވޯޓަރ ލިބުނީ ކޮލަމްބިއާގެ ޖޫލިއާނާ ފްރޭންކޯއަށެވެ.

އިބަސްކޯ ބުނެފައިވަނީ އޭނާއަށް މި ކޮންޕެޓިޝަންގައި އާ ރައްޓެހިން ލިބިފައިވާ ކަމަށާއި އޭނާ ވަރަށް އުފަލުން ހުރިކަމަށެވެ.

މިސް އާތު ކޯޑިނޭޝަން ބާއްވާފައިވަނީ މޯލް އޮފް އޭޝިއާ އެރީނާ ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް