ކ. މާލެ
|
5 ނޮވެންބަރ 2017 | އާދީއްތަ 14:50
ކުއްތާ އަށް  ޚާއްސަކޮށްފައިވާ "ރޮފީ"
ކުއްތާ އަށް ޚާއްސަކޮށްފައިވާ "ރޮފީ"
ގެޓީ އިމޭޖަސް
ކޮފީ
ކުއްތާއަށް ޚާއްސަ ކޮފީ އެއް ތައާރަފް ކޮށްފި
 
މި ކޮފީ އުފައްދާފައިވަނީ ފަތްޕިލާވެލި ބޭނުންކޮށްގެން

މީގެ ކުރިން އަޑުއިވިގެން ދަނީ ކޮފީ އަކީ ހަމަ އެކަނި އިންސާނުންނަށް ޚާއްސަ ކުރެވިފައިވާ ބުއިމެއް ކަމަށެވެ.

އެހެން ނަމަވެސް އެމެރިކާގެ އަންހެނަކު ވަނީ ކުއްތާއަށް  ޚާއްސަކޮށްގެން "ރޮޕީ" ގެ ނަމުގައި ކޮފީ އެއް ތައްޔާރުކޮށްފައެވެ.  

އެމެރިކާގެ އަގޯޓާ ޖަކުޓީޓް ކިޔާ އަންހެން މީހާ ބުނިގޮތުގައި މި ކޮފީ އަކީ ހަމައެކަނި ކުއްތާއަށް ޚާއްސަ ކޮފީއެއްކަމަށެވެ. އަދި ހަމަ އެހެންމެ އެހެނިހެން ޖަނަވާރުތަކަށް މި ކޮފީބޯން ބޭނުން ކުރެވިދާނެކަމަށް އޭނާ ބުންޏެވެ.

އަގޯޓާ ޖަކުޓީޓް ބުނީ ރޮފީ ކިޔާ މި ކޮފީގެ ނަން އަޑު އިވުމުން ވަރަށް ގިނަ މީހުން  އޭނާ އެ ނަން އުފެއްދީ ކިހިނެތްތޯ ސުވާލުކުރިކަމަށާއި  އެއީ އޭނާ އަމިއްލައަށް އުފެއްދި ނަމެއްކަމަށެވެ.

ރޮފީ ކޮފީ އަދި ލިބެން ހުރީ ހަމަ އެކަނި އެމެރިކާއިން ކަމަށާއި އެހެން ނަމަވެސް ދުނިޔޭގެ ކަންކޮޅުތަކަށް މި ކޮފީ ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖަކުޓީޓް ބުންޏެވެ.

މި ކޮފީއަކީ  ޖަކުޓީޓް ގެ ކުންފުނި ކަމަށްވާ  " ޝޫ" ގެ އުފެއްދުމެކެވެ. މިކުންފުންޏަކީ ޖަނާވަރަށް ޚާއްސަ ތަކެތި އުފައްދާ ކުންފުންޏެކެވެ. 

މި ކޮފީ އޭނާ އުފައްދާފައިވަނީ ފަތްޕިލާވެލި ބޭނުންކޮށްގެން ކަމަށް ޖަކޫޓީޓް ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
50%
0%
0%
0%
0%
50%
ކޮމެންޓް
ގުޅުންހުރި