"ސާހޯ" ގެ ޝޫޓިން ފަށާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އިންޑިއާގެ ހައިދަރު އާބާދުގައެވެ.
ރިޕޯޓްތައް ބުނާގޮތުގައި "ސާހޯ" ގެ ހައިދަރު އާބާދުގައި ނަގަން ޖެހޭ ޝޫޓިންތައް ނިންމުމަށް ފަހު މިހާރު ވަނީ ދުބާއީގައި ފެށުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ދުބާއީގައި ފިލްމުގެ ޝޫޓް ކުރުމަށްޓަކާ ރަނގަޅު ލޮކޭޝަންސްތައް ހޯދަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
"ބާހުބަލީ" އިން މަޝްހޫރު ކަމެއް ހޯދާފައިވާ ޕްރަބާސް ލީޑު ރޯލުން ފެންނަ "ސާހޯ" ގެ ފުރަތަމަ ފެނިލުން ވެސް ވަނީ މީގެ ކުރިން ދައްކާލާފައެވެ.
އޮކްޓޯބަރ 23 އަކީ ޕްރަބާސްގެ އުފަން ދުވަސް ކަމަށްވާއިރު އޭނާގެ އުފަން ދުވަހާއި ދިމާކޮށް ނެރުނު ފުރަތަމަ ފެނިލުމުގެ ޕޯސްޓަރަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.
"ބާހްބަލީ" ގެ ފިމްލުތަކުން އޭނާ ފެނުނު ގޮތާއި މުޅިން ހިލާފަށް މި ޕޯސްޓަރުން ފެންނަ ގޮތުގައި އޭނާ ފެންނަނީ ކޯޓާއި އެކު މާރސްކް އަޅައިގެން ހުންނަ މަންޒަރެވެ. އެހެންކަމުން ގިނަ ބަޔަކު ދަނީ ޕްރަބާސް "ސާހޯ" އިން ފެނިގެންދާނެ ކަރެކްޓަރ އާއި މެދު ބަހުސް ކުރަމުންނެވެ.
ސަތޭކަ ފަންސާސް ކްރޯޑުގެ ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ ބައެއް މަންޒަރުތައް ނަގަނީ ހާއްސަކޮށް ތައްޔާރުކުރާ ސެޓެއްގައި ކަމަށް މީގެ ކުރިން ރިޕޯޓް ކޮށްފައިވެއެވެ.
މި ފިލްމު ތިން ބަހަކުން ޑަބް ކޮށްގެން ގެނެސްދޭނެއެވެ. މި ފިލްމުގައި ޕްރަބާސްގެ އިތުރުން ފެނިގެންދަނީ ޝްރައްދާ ކަޕޫރާއި ޖެކީ ޝްރޮފްއެވެ.
"ބާހުބަލީ" ފްރަންޗައިޒް ޕްރަބާސް ކުޅެފައި ވަނީ 25 ކުރޯޑް އިންޑިއަން ރުޕީސްއަށެވެ. ފަހުން އޭނާ ވަނީ ފިލްމު ކުޅެދޭއަގު 30 ކުރޯޑަށް ބޮޑުކޮށްފައެވެ. "ސާހޯ" ރިލީޒް ކުރާނެ ކަމަށް ބެލެވިފައިވަނީ 2018 ވަނަ އަހަރުގެ މެދުތެރޭގައެވެ.