ކ. މާލެ
|
5 ނޮވެންބަރ 2017 | އާދީއްތަ 12:02
"ފިރަންގީ" ގެ ޕޯސްޓަރެއް
"ފިރަންގީ" ގެ ޕޯސްޓަރެއް
ގެޓީ އިމޭޖަސް
"ފިރަންގީ"
"ފިރަންގީ" ގެ ދެވަނަ ލަވަ ރިލީޒް ކޮށްފި
 
މި ފިލްމު ރިލީޒް ކުރާނީ މިމަހުގެ 24 ގައި

"ފިރަންގީ" ގެ ދެވަނަ ލަވަ ރިލީޒްކޮށްފިއެވެ.

ކަޕިލް ޝަރްމާގެ ފިލްމް ކަމަށްވާ "ފިރަންގީ" ގެ  ދެވަނަ ލަވަ ރިލީޒްކޮށްފައިވަނީ "ސަޖްނާ ސޯނޭ ޖިހާ" އެވެ.

އަދި މި ލަވައިގެ ލިރިކްސް ލިޔެފައި ވަނީ ޑރ. ދެވޭންދްރަ ކާފިރް އެވެ. މިމަހުގެ 24 ވަނަ ދުވަހު ރިލީޒް ކުރާ "ފިރަންގީ" އަކީ 1920 ވަނަ އަހަރުގައި އިންޑިއާގައި ހިނގާދިޔަ ތާރީޚީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމުމުގެ ޝޫޓިން ނަގާފައިވަނީ ޕަންޖާބް އަދި ރާޖަސްތާނުގައެވެ.

މި ފިލްމުގައި ބަތަލާގެ ރޯލު އަދާކުރަނީ އިޝީތާ ދައްތާ އެވެ. 

"ފިރަންގީ" ގެ ލީޑު ރޯލުން ފެނިގެންދާ ތަރިންގެ ތެރޭގައި ފެނިގެންދަނީ  އިޝިތާ ދައްތާ ގެ އިތުރުން ކަޕިލް ޝަރުމާ އަދި މޮނިކާ އެވެ.

މީގެ ކުރިން މި ފިލްމުގެ ރިލީޒް ކޮށްފައިވާ ލަވައަކީ "އޮޔޭ ފިރަންގީ" އެވެ. "ފިރަންގީ" ޑައިރެކްޓް ކޮށްފައި ވަނީ ރާޖީވް ދިންގްރާ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް