ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 17:45
 ދިރާގުން ވަނީ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި
ދިރާގުން ވަނީ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި
ޓްވިޓަރ
ދިރާގު ރޯޑްރޭސް
ދިރާގު ރޯޑް ރޭހަށް ފުރުސަތު ހުޅުވާލައިފި
ދިރާގުން ވަނީ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި
އުމުރުން 7 އަހަރާއި 45 އަހަރުގެ ކޮންމެ މީހަކަށް ވެސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އޮވޭ

ދިރާގު ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ރޭސް މިފަހަރު ބާއްވަނީ ހުޅުމާލޭގައެވެ. ދިރާގުން ވަނީ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.

އުމުރުން ހަތް އަހަރާއި 45 އަހަރުގެ ކޮންމެ މީހަކަށް ވެސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ދިރާގުން ބުނެފައި ވަނީ ރޭހުގައި ދުވުމުގެ ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ބައިވެރިވާ ތިން ހާސް މީހުންނަށް ކަމަށެވެ.

ރޭހުގައި ބައިވެރިވުމަށް ރަޖިސްޓާ ކުރަން ޖެހެނީ ދިރާގުގެ ވެބްސައިޓު މެދުވެރިކޮށެވެ. މިފަހަރުގެ ރޭހުގައި ވެސް ފަސް ކިލޯމީޓަރަށާއި 10 ކިލޯމީޓަރަށް ބައިވެރިން ދުވާނެއެވެ.

އެންމެ ފުރަތަމަ ދިރާގުން މިފަދަ ރޯޑު ރޭހެއް ބާއްވާފައި ވަނީ 2007 ވަނަ އަހަރުގައެވެ. މިއީ ދިރާގު ރޯޑު ރޭހަށް 10 އަހަރު ފުރޭ އަހަރެވެ. ދިރާގުން ބުނެފައި ވަނީ ރޭހުގައި ބައިވެރިވުމަށް ބައިވެރިން ބައްލަވައިގަން ޓީޝާޓުން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ ހައްގުގައި ޖަމިއްޔާތަކަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް