ކ. މާލެ
|
3 ނޮވެންބަރ 2017 | ހުކުރު 14:21
މިދިޔަ އަހަރު ބޭއްވި ޓްވިޓްސަލް މުބާރާތުގެ ތެރެއިން
މިދިޔަ އަހަރު ބޭއްވި ޓްވިޓްސަލް މުބާރާތުގެ ތެރެއިން
ޓްވިޓަރ
ޓުވިޓްސަލް މުބާރާތް
ޓްވިޓްސަލްގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި
ޓްވިޓްސަލް މުބާރާތުގައި 12 ޓީމަކުން ވާދަކުރޭ

ޓްވިޓާގައި ހަރަކާތްތެރިވާ ދިވެހިން އިސްނަގައިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "ޓްވިޓްސަލް" މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޓްވިޓްސަލް މުބާރާތް 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނައިރު، މިއީ މުބާރާތް ބާއްވާތާ އަށް ވަނަ އަހަރެވެ. މިފަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.

މުބާރާތުގައި މި އަހަރު ޖުމްލަ 12 ޓީމެއް ވާދަކުރާއިރު، 120 ކުޅުންތެރިން ހިމެނޭނެއެވެ. މިދިޔަ އަހަރު މުބާރާތުގައި އަންހެން ޑިވިޝަނުން ތިން ޓީމު ބައިވެރިވީ ނަމަވެސް މި އަހަރު ހަތަރު ޓީމެއް ބައިވެރިވެއެވެ.

މުބާރާތުގައި ފިރިހެން އަށް ޓީމު ވާދަކުރާއިރު، ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އަންހެން ޑިވިޝަނުން ފައިނަލަށް ދާނީ ކޮންމެ ޓީމެއް އަނެއް ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. 

ޓްވިޓްސަލް އިން މުބާރާތް ބޭއްވުމުގެ އިތުރުން "ޓްވިޓްސަލް" ކެއާސް ނަމުގައި މުޖުތަމައުއަށް ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދެއެވެ. އެގޮތުން މިދިޔަ އަހަރު ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ޓްވިޓްސަލް އިން ވަނީ މި އަހަރު ކެއާ ސޮސައިޓީއަށް އެހީވުމަށް ނިންމާފައެވެ.

- ކޮމެންޓް