އުމުރުން 105 އަހަރުގެ އާރތަރ ޖެކޮބްސް އައި އޭނާގެ 100 އަހަރުގެ އަންހެނުން މާސިއާ ކައިވެނި ކޮށްފައި ވަނީ މީގެ 80 އަހަރު ކުރިންނެވެ.
މިހަފްތާ ތެރޭގައި އެދެމަފިރިން ވަނީ އެދެމީހުންގެ ކައިވެންޏަށް 80 އަހަރު ފުރުން ފާހަގަ ކޮށްފައެވެ.
އުމުރުން ދުވަސް ވުމުގެ ސަބަބުން ލޯބޯކޮށިވެފައިވާ މި ދެމަފިރިން 80 އަހަރު ވަންދެން އުޅުނީ ލޯބިން އެކީގައެވެ. އަރްތަރ ގެ އަންހެނުން މާސިއާއަށް މީހުން ފާހަގަ ކުރަން އެނގެނީ ވަރަށް ކުޑަކޮށެވެ.
އެމެރިކާގައި ދިރިއުޅޭ މިދެމަފިރިންގެ ފޮޓޯ އަބަދުވެސް ނަގާ ގޭބް ބުނީ އާރތަރއަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި ވަރަށް ހިތްހެޔޮ ފިރިއެއް ކަމަށެވެ. އަދި އެހާ ގިނަދުވަހު އެކީގައި ދިރިއުޅޭ ދެމަފިރިންގެ ފޮޓޯ ނެގުން އެއީ އޭނާއަށް ލިބުނު ފަޚުރެއް ކަމަށް ގޭބް ބުންޏެވެ.
ގޭބް ބުނެފައި ވަނީ އުމުރުން ދުވަސްވީ އެ ދެމަފިރިން އެންމެ ފުރަތަމަ ދިމާވީ ޔުނިވާސިޓީ ތެރެއިން ކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އާރތަރއަކީ ޕީއެޗްޑީ ފެންވަރަށް ކިޔަވައިގެން ހުރި މީހެއް ކަމަށާއި އަދި މާސީއަކީ ކުރިން އެމެރިކާގެ އިޖުތިމާއީ ކަންތައްތަކަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ޑިރެކްޓަރެއް ކަމަށެވެ.